ކާޑެއްދޫ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ކާޑެއްދޫ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

Author
މުޙައްމަދު ޝަޒައިމް
22 މެއި 2022 12:55
0

ކާޑެއްދޫ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފިއެވެ.

ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށާފައިވަނި މިމަހުގެ 19 ވަނަ ދުވަހުއެވެ.

އެމްޓީސީސީން މިއަދު ބުނީ ކާޑެއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ޖައްސަން ބޭނުންވާ ސަރަޙައްދު ކޮނުމުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

ކާޑެއްދޫ މިހާރު ބޭނުން ކުރަމުންދާ ބަނދަރަކީ މީގެ 28 އަހަރު ކުރިން އެރަށުގެ އެއަރޕޯޓް ތަރައްގީ ކުރި އިރު ހަދާފައިވާ ބަނދަރެކެވެ. މި ބަނދަރުގެ ޖެޓީގެ ބޮޑު ބައެއް މި އަހަރު ކުރީ ކޮޅު ވަނީ ވެއްޓިފައެވެ. އޭގެ ސަބަބުން އެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާވަނީ ކުރިމަތިލާންޖެހިފައެވެ. ދެކުނުގެ އެންމެ މުހިންމު އެއް އެއަރޕޯޓު އޮންނަ ގދ.ކާޑެއްދޫގެ ބަނދަރަކީ ކޮންމެ ދުވަހަކުވެސް އެތައް ރައްޔިތުން ތަކެއް ޚިދުމަށް ހޯދަމުން އަންނަ ބަނދަރެކެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލްކޮށްގެން މިހާރު ކާޑެއްދޫގައި ތަރައްގީ ކުރާބަނދަރުގެ މަޝްރޫއުގެ ދަށުން، 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަހަދެއްގައި ހާބަރ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 9.52 މިލިޔަން ރުފިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.