ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރު ކައިވެނިކޮށްފި

ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރު ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
21 މެއި 2022 04:09
0

ބޮލީވުޑްގެ މަޝްހުރު ލަވަ ކިއުންތެރިއާ ކަނިކާ ކަޕޫރު ކައިވެނި ކޮށްފިއެވެ.

43 އަހަރުގެ ލަވަ ކިއުންތެރިއާ އިއްޔެ ކައިވެނިކުރީ އިނގިރޭސިވިލާތަށް ނިސްބަތްވާ އިންޑިއާ ދަރިކޮޅުގެ ވިޔަފާވެރިއެެއް ކަމަށްވާ ގޯތަމް ހަތިރަމާނީއާއެވެ.
ވަރަށް ކުލަގަދަކޮށް މިކައިވެނި ކޮށްފައިވަނީ ލަންޑަންގައި ބޭއްވި ކުލަ ގަދަ ހަފުލާއެއްގައެވެ.

 

View this post on Instagram

 

A post shared by Kanika Kapoor (@kanik4kapoor)

ކަނިކާ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ. އަދި އެކައިވެނިން އޭނާއަށް ވަނީ 3 ދަރިންވެސް ލިބިފައެވެ. ދެވަނަ ކައިވެންޏެއް ކުރަން އުޅޭކަން މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް މީޑިއާތަކުގައި ދެކެވިފައިވެއެވެ.

 

View this post on Instagram

 

A post shared by Manmeet Singh (@meet_bros_manmeet)

ކަނިކާ ވަނީ "ބޭބީ ޑޯލް" އާއި "ޗިޓިޔަ ކަލައްޔާ" ފަދަ ބެލުންތެރިންގެ މެދުގައި މަގުބޫލު އެތަށް ލަވައެއް ކިޔާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.