ހޮލީވުޑްގެ ފުރަތަމަ މަސައްކަތަށް އާލިއާ އެމެރިކާއަށް

ހޮލީވުޑްގެ ފުރަތަމަ މަސައްކަތަށް އާލިއާ އެމެރިކާއަށް

Author
ފާތިމަތު ނާވީ
21 މެއި 2022 02:51
0

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އާލިއާ ބަޓް އޭނާގެ ހޮލީވުޑް ފުރަތަމަ މަސައްކަތަށް އެމެރިކާއަށް ގޮސްފިއެވެ.

އާލިއާ ވަނީ މިކަން ފޭނުންނާ ހިއްސާ ކުރުމުގެ ގޮތުން އިންސްޓަގްރާމްގައި ޕޯސްޓެއް ވެސް ކޮށްފައެވެ.
މި ޕޯސްޓްގައި އާއިލާ ބުނީ އޭނާގެ ހޮލީވުޑް ފިލްމަށް ދަނީ ކަމަށާއި އަދި ވަރަށް ބިރު ގަންނަ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ އިހުސާސް ވަނީ އަލަށް މަސައްކަތަށް ނުކުންނަ ކަމުގެ އިހުސާސް ކަމަށެވެ.

 

View this post on Instagram

 

A post shared by Alia Bhatt ????☀️ (@aliaabhatt)

އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމު އޮތީ "ވޮންޑާ ވުމަން"ގެ ތަރި ގަލް ގެޑޮޓް އާއެކުއެވެ. އާލިއާގެ ފުރަތަމަ ފިލްމަކީ ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރ ޓޮމް ހާޕާ ޑައިރެކްޓް ކުރާ ސްޕައި ތުރިލާއެއް ކަމަށްވާ، "ހާޓް އޮފް ސްޓޯން"އެވެ.

ހޮލީވުޑްގައި މަސައްކަތް ފެށިއިރު އާލިއާގެ ބޮލީވުޑްގެ ދެ މަސައްކަތެއް ވެސް ކުރިއަށް އެބަ އޮތެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ފިރިމީހާ ރަންބީރް ކަޕޫރާއެކު އޭނާ ކުޅެފައިވާ "ބްރަހްމަސްތުރާ" އެވެ. ދެން އޮތް ފިލްމަކީ ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީއެވެެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.