މަދިރި ކޮންޓްރޯލްކުރުމަށް ޢިމާރަތްކުރާ ސައިޓްތަކުގެ ވެރިން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ: މުޢިއްޒު

މަދިރި ކޮންޓްރޯލްކުރުމަށް ޢިމާރަތްކުރާ ސައިޓްތަކުގެ ވެރިން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ: މުޢިއްޒު

Author
މުޙައްމަދު ޖިމީ
21 މެއި 2022 11:25
0

މަދިރި ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ އެއްބަޔަކީ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ވެރިން ކަމަށް މާލެސ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ އެޗް.ޕީ.އޭއިން އިސްނަގައިގެން ހުޅުމާލޭގައި މަދިރިއާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށްގެންދާ ކެމްޕޭން "މަދިރި ހޯހޯ" އިފްތިތާޙް ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

މޭޔަރު މުޢިއްޒު "މަދިރި ހޯހޯ" ކެމްޕޭނު އިފްތިތާޙް ކޮށްދެއްވަނީ.

މޭޔަރު ވިދާޅުވީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އިންޑަސްޓްރީ އަކީ ކޮންސްޓްރަކްޝަން ދާއިރާ ކަމަށްވެފައި އެފަދަ މަސައްކަތް ކުރާ ތަންތަނަކީ ޚާއްސަ ގޮތެއްގައި މަދިރި އާލާވާގޮތަށް ހުންނަ ތަންތަންކަމަށާއި، މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ.

ކޮންސްޓަރަކްޝަން މަސައްކަތް ކުރާ ތަންތަނަކީ ޚާޢްސަ ގޮތެއްގައި މަދިރި އާލާވާގޮތަށް، ފެންހަރުލާގޮތަށް ހުންނަ ތަންތަން. ރާއްޖޭގަ ދެވަނައަށް އެންމެ ބޮޑު އިންޑަސްޓްރީ އަކީ ކޮންސްޓްރަކްޝަން ދާއިރާ. އަދި މި އިންޑަސްޓްރީގެ އެންމެ ގިނަ މަސައްކަތް ހިނގަނީ މާލެ ސިޓީގައި

މޭޔަރު ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތްތައް އެންމެ ގިނައިން ހިނގާ އެއްތަނަކީ މާލެ ސިޓީކަމަށްވުމުން މިފަދަ މަސައްކަތްތައް ކުރައްވާ ފަރާތްތަކުގެ ވެރިން ޒިންމާވާން ޖެހޭގޮތަށް މިކަންކަން ރާވާ ހިންގަން ޖެހޭކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.