ފުލުހުންނަށް ހެދިގެންގޮސް ފޭރުނު މައްސަލާގައި  މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް ހެދިގެންގޮސް ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
13 ނޮވެމްބަރ 2020 04:44
0

ފުލުހުން ކަމަށް ހެދިގެން މާލޭ ގެސްޓްހައުސަކަށް ވަދެ އެތާނގެ މުވައްޒަފުންތަކެއް ބަނުމަށްފަހު، ބައެއް ތަކެތި ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
މަޖީދީމަގު، ފަރިވާ ސްޓޭއަށް ތިން މީހަކު ވަދެ، އެމީހުންނަކީ ޕޮލިސް އިންޓެލިޖެންސްއިންކަމަށް ބުނެ، އެތާނގެ 3 މުވައްޒަފުން ކްލިޕް އަޅުވާ ބަނުމަށްފަހު، އެތަނުގެ ބައެއް ތަކެތި ފޭރިގަނެގެން ގެންގޮސްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލާގައި ކޯޓު ޢަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހެނދުނުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅަތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްގީގުކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާކަމަށެވެ.

މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގްކުރަމުން އަންނަކަމށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.