ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި

Author
އަހުމަދު
24 ޖޫން 2026 10:31
0

ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ކޮމިޓީން ދިރާސާކުރަމުން އަންނަ "ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލު" އަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް މަޖިލީހަށް ހުށަހެޅުއްވި މި މުހިންމު ބިލުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި މީހުންގެ ޒާތީ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުން އަދި ބޭނުންކުރުމުގައި އަމަލުކުރާނެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ. މި ގާނޫނުގެ ދަށުން، މައުލޫމާތު ނިސްބަތްވާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދީ، އެ މައުލޫމާތު އެއްކުރާ ކުންފުނިތަކާއި އިދާރާތަކުގެ ޒިންމާތައް ސާފުކޮށްދޭނެއެވެ.

މީގެ އިތުރުން، އެއްކުރެވޭ ޒާތީ މައުލޫމާތު އެހެން ފަރާތްތަކާ ހިއްސާކުރުމާއި ޓްރާންސްފާ ކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ކަނޑައަޅައި، އެކަންކަން ރެގިއުލޭޓްކުރުންވެސް މި ބިލުގައި ހިމެނެއެވެ. މަޖިލީހުން މައުލޫމާތު ދޭ ގޮތުގައި، މި ބިލަށް އާންމުންނާއި ގުޅުންހުރި މުއައްސަސާތަކުން ހިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު 02:00 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.