ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަރުންގެ އަދަދު މަދުކުރާ ބިލް މަޖިލީހުން ފާސްކޮށްފި

Author
ހުސައިން
28 ނޮވެމްބަރ 2025 09:36
0

ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ހުށަހެޅުއްވި މި ބިލް ފާސްވީ 54 މެންބަރުންގެ ވޯޓާއެކުއެވެ. ބިލާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.

މި އިސްލާހުގެ ދަށުން 2،000 އަށް ވުރެ ބޮޑު އާބާދީގެ ރަށްތަކަށް ފަސް ކައުންސިލަރުން އަދި އެއަށް ވުރެ ކުދި ރަށްތަކަށް ތިން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. އަންހެނުންނަށް ގޮނޑި ހާއްސަކުރުމުގެ އުސޫލު ދެމެހެއްޓުމަށްވެސް ބިލްގައި ހިމަނާފައިވެއެވެ. މިހާރު އަމަލުކުރާ ގާނޫނުގައި އޮންނަ ގޮތުން 3،000 އަށް ވުރެ ބޮޑު އާބާދީގެ ރަށްތަކުގައި ހަތް ކައުންސިލަރުން އަދި ކުދި ރަށްތަކުގައި ފަސް ކައުންސިލަރުން ތިބެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.