ރިސޯޓެއްގެ ޢިމާރާތަކުން ވެއްޓި ޒުވާނަކު ނިޔާވެއްޖެ

ރިސޯޓެއްގެ ޢިމާރާތަކުން ވެއްޓި ޒުވާނަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
21 މެއި 2022 11:02
0

ރ.އަތޮޅުގައި ހިންގަމުން އަންނަ ރިޒޯޓެއްގެ އިމާރާތަކުން ވެއްޓި ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ،  އެޒުވާނާ ނިޔާވެފައިވަނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގައު ރިސޯޓު އިމާރާތެއްގެ 4ވަނަ ފަންގިފިލާއިން ވެއްޓިގެންކަމަށެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 12:49 ހާއިރުކަމަށް ފުލުހުން ބުންޏެވެ. މިހާދިސާގައި އިމާރާތުގެ މަތިން ވެއްޓި ނިޔާވެފައިވަނީ އުމުރުން 28 އަހަރުގެ ޒުވާނެކެވެ. އޭނާ ވެއްޓުމުން ފަރުވާ ދިނުމަށް އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ މިހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.