2023ގެ އިންތިޚާބު އިންސާފުވެރިވާނެކަމުގެ ޔަޤީންކަމެއް ނެތް: ޑރ.ޝަހީދު

2023ގެ އިންތިޚާބު އިންސާފުވެރިވާނެކަމުގެ ޔަޤީންކަމެއް ނެތް: ޑރ.ޝަހީދު

Author
މުޙައްމަދު ޖިމީ
21 މެއި 2022 09:52
0

ރާއްޖޭގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެކަމުގެ ޔަޤީންކަމެއް ނެތްކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި މިހާރު އދގެ ޚާއްޝަ ރެޕަޓުއަރ ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެމްޑީޕީގެ ކުރީގެ ސަރުކާރުގެ ފޮރިން މިނިސްޓަރ ޑރ.އަޙްމަދު ޝަހީދު ކުރެއްވި ޓްވީޓްގައި ވަނީ މިސަރުކާރުން މީޑިއާއަށް ހުރަސް އަޅަމުން އަންނަކަމަށް ތުހުމަތުކުރައްވާފައެވެ. ރާއްޖޭގެ ގިނަ މީޑިއާތަކަށް ސަރުކާރުން ރިޝްވަތު ދެމުން އަންނަކަމަށްވެސް ޑރ.ޝަހީދު ވަނީ ތުހުމަތުކުރައްވާފައެވެ.

ޑރ.ޝަހީދުގެ ޓްވީޓްގައި 2023ގައިި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ވާނެކަމުގެ ޔަޤީންކަމެއް ނެތްކަމަށް ވިދާޅުވިއެވެ.

ޑރ.ޝަހީދު ގެންދަވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށްވެސް ޓްވީޓް ކުރައްވަމުންނެވެ. މިގޮތުން އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނެރުއްވި ޤަރާރަކީ ޚިޔާލުފާޅުކުރުމަށް އޮތް ހުރަހެއްކަމަށް ވިދާޅުވެ ޑރ.ޝަހީދު ވަނީ އެ ޤަރާރު އުވާލުމަށްވެސް ގޮވަލައްވާފައެވެ. އެއީ ގިނަހައްގުތަކެއް ނިގުޅ:ައިގަނެފައިވާ ގަރާރެއްގެ ގޮތުގައިވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.

އޭނާ ވަނީ މިސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަމަށްވެސް ސިފަކުރައްވާ އިންޑިއާ އައުޓް ހަރަކާތް ޖިނާއީ ކުށަކަށް ނުހެދޭނެކަމަށްވެސް ގޮވާލައްވާފައެވެ. ޑރ.ޝަހީދު މިހެން ވިދާޅުވެފައިވާއިރު، އެމެންސްޓީ އިންޓަރނޭޝަަނަލްއިން ބުނެފައިވަނީ ރާއްްޖޭގައި، ސުލްހަވެރިކަމާއެކު މުޒާހިރާ ކުރުމާއި ޚިޔާލުފާޅުކުރުމަށް މުވައްސަސާތަކުން ހުރަސް އަޅަމުންދާ ކަމަށާއި، އަދި އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ އިންޑިއާ އައުޓު ހަރަކާތުން ގައުމީ ސަލާމަށް ނުރައްކާވާކަމަށް ބުނެ، ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ސުލްހަވެރިކަމާއެކު އެއްވުންތައް ބޭއްވުމުގެ ހައްގު ނިގުޅައިގެންފައި ވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.