ޑިމޮކްރެޓިކް ގޮތަކީ ޕާޓީތެރެއިން ފުރުޞަތު ހުޅުވާލުން: ސިފާ

ޑިމޮކްރެޓިކް ގޮތަކީ ޕާޓީތެރެއިން ފުރުޞަތު ހުޅުވާލުން: ސިފާ

Author
މުޙައްމަދު ޖިމީ
19 މެއި 2022 08:31
0

ޑިމޮކްރެޓިކް ޤައުމުތަކުގައި ޕާޓީތެރެއިން ފުރުޞަތު ހުޅުވާލެވެންވާނެކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހީހުގެ ރައީސްއަށް ދިނުމަށް ތަޢީދުކުރާކަން އެމްޑީޕީ މާލެ ދާއިރާގެ ރައީސް ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ސިފާ މިހެން ވިދާޅުވީ 2023ގެ ރިޔާސީ އިންތިޚާބުގެ ޓިކެޓް ޕްރައިމަރީއަކާއި ނުލައި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދިނުމަށް އެމްޑީޕީގެ ބައެއް މެންބަރުން ގޮވާލަމުންދާތީއެވެ.

ސރައީސް ޞަލިޙަށް ދެވަނަ ދައުރެއް ދިނުމަށް އެމްޑީޕީން ކުރަންޖެހޭ މަސައްކަތް މިވަގުތު ފަށަންޖެހޭކަމަށް ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން، މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ ވިދާޅުވީ ކޮންމެ ފަހަރަކު ނުކުމެ ދޭންޖެހޭ އެއްޗެއްގެ ގޮތުގައި އިންނާކަމަށް ރައީސް ޞަލިޙްވެސް ނޭދޭނެކަމަށެވެ. އެހެންކަމުން އެވާހަކަ ދައްކާ ބޭފުޅުން އެމަނިކުފާނު އެދޭގޮތަކީވެސް އަހައި ނުލައި ވާހަކަދައްކަނީތޯ ސުވާލުކުރައްވާ ސިފާ ވިދާޅުވީ، ޑިމޮކްރެޓިކް ޤައުމުތަކުގައި ފުރުޞަތު ޕާޓީ ތެރެއިން ހުޅުވާލެވެން ވާނެކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބަށްފަހު އެމްޑީޕީގެ މެންބަރުން ގެންދަވަނީ އިންތިޚާބުގެ ނަތީޖާއިން ދައްކަނީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭކަންކަމަށެވެ. އެ އިންތިޚަބަކީ ރައީށް ޞާލިޙާއި ރައީށް ނަޝިދާއި ދެމެދު ބޭއްވުނު އިންތިޚާބެއްކަމަށް ސިފަކޮށް ބައެއް މީހުން ވަނީ ރައީސް ނަޝީދު ފެއަށް ޖެހުމަށްވެސް ގޮވާލައްވާފައެވެ.

ނަމަވެސް އިންތިޚާބުވެވަޑައިގެންނެވި ފައްޔާޟް ވަނީ ރައީސް ނަޝިދު ޕާޓީން ދުރުކުރައްވަން ނޫޅޫއްވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަސައްކަތްކުރައްވާނީ 2023ގެ ރިޔާސީ އިންތިޚާބު ރައީސް ޞާލިޙަށް ހޯއްދަވައިދެއްވުމަށްކަމަށް ފައްޔާޟް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.