އިތުރު 5 ރަށެއްގައި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަނުން ތައްޔާރުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ޖުލައި މަހުގެ 2 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ވަށަފަރު، ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ ގައި ކަމަށެވެ.
ހއ. ވަށަފަރު، ށ. ޅައިމަގު، ށ. ކޮމަންޑޫ، ކ. ތުލުސްދޫ އަދި އއ. ތޮއްޑޫ މި 5 ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން 2022 ޖުލައި 2 ގައި ބާއްވާގޮތަށް @ElectionsMv އިން އިއްޔެ ނިންމައިފި. @mvpeoplesmajlis @lgaMaldives @psmnewsmv @ElectionsMv
— Ismail Habeeb (@IsmailHabeeb) May 17, 2022
އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތައް ފުލުފުލުގައި ބާއްވަމުންދާއިރު، މިކަމަށް އެއްވެސް ހައްލެއް އަދި މިހާތަނަށް ލިބިފައިނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މިދިޔަ ހޮނިހިރު ދުވަހުވެސް ވިލިމާލެ ދައިރާގެ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުވެސް ބާއްވާފައެވެ. މިއިންތިޚާބު ކާމިޔާބުކުރީ އިދިކޮޅު ޕީޕީއެމްއިންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހި، ކުރިމަތިލާނެ މީހުންގެ ޝައުޤުވެރިކަންވެސް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން ކަނޑައެޅިފައިވާ މުއްދަތުގައި އެއްވެސް ތަރުޙީބެއް ނުުލިބުމުން އަނެއްކާވެސް ހުޅުވާލަން ޖެހުމަކީ ފަސޭހަ ކަމެއްނޫންކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ކައިރި ކައިރީގައި އިންތިޚާބުތައް ބާއްވަން ޖެހުމަކީވެސް ގޮންޖެހުން ބޮޑު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަންހެނުންގެ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް ބޭފުޅުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް އަންނަހަރުން ފެށިގެން ބޮޑު ކުރުމަށް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ