ސޮހެއިލަކީ ބޭބެއެއް ފަދަ މީހެއް: ހުމާ

ސޮހެއިލަކީ ބޭބެއެއް ފަދަ މީހެއް: ހުމާ

Author
ފާތިމަތު ނާވީ
17 މެއި 2022 11:51
0

ބޮލީވުޑްގެ އެކްޓަރ ސަލްމާން ޚާންގެ ކޮއްކޮ ސޮހެއިލް ޚާންގެ 24 އަހަރުވީ ކައިވެނީ ރޫޅަލަން ނިންމުމާއެކު ސޮހެއިލާއި ހުމާ ޤުރައިޝީއާ ދެމެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ބުނެ ކުރަންފެށި ތުހުމަތު ތަކަށް ހުމާ ރައްދު ދީފިއެވެ.

ސޮހެއިލާއި އޭނާގެ އަންހެނުން ސީމާ އެމީހުންގެ ކައިވެނި ރޫޅާލުމަށް ހުކުރު ދުވަހު ފެމެލީ ކޯޓަށް ދިޔައިރު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ވައިރަލް ވެފައެވެ.

އެއާއެކު ސޮހެއިލާއި ހުމާއާ ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި، މި ކައިވެނި ރޫޅެން ދިމާވި ސަބަބަކީ ހުމާ ކަމަށް ބުނެ ބައެއް ނޫސްތަކުން ޚަބަރު ފަތުރާފައި ވެއެވެ.

ހުމާ ވަނީ އެއީ ހަގީގަތެއް ނެތް ދޮގު ޚަބަރުތަކެއް ކަމަށް ބުނެފައެވެ. އަދި އޭނާ ބުނީ ސޮހެއިލަކީ ބޭބެ އެއް ފަދަ މީހެއް ކަމަށާއި އެކަހަލަ އެއްވެސް ގުޅުމެއް އެދެމެދުގައި ނެތް ކަމަށެވެ.

ކުރިން ބައެއް ފިލްމު ތަކުން ފެނިފައިވާ ސޮހެއިލާއި ސީމާ ކައިވެނި ކުރީ 1998 ވަނަ އަހަރުއެވެ. އަދި މި ކައިވެނިން އެމީހުނަށް ވަނީ ދެ ފިރިހެން ކުދިންވެސް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.