"ކަބީ ޢީދު ކަބީ ދިވާލީ"ގައި ސަލްމާން ހުންނާނީ މިހެން!

"ކަބީ ޢީދު ކަބީ ދިވާލީ"ގައި ސަލްމާން ހުންނާނީ މިހެން!

Author
ފާތިމަތު ނާވީ
17 މެއި 2022 06:39
0

ބޮލީވުޑް އެކްޓަރ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ކަބީ ޢީދު ކަބީ ދިވާލީ" ގައި އޭނާ ހުންނަ ގޮތް ފޭނުންނަށް ދައްކާލައިފިއެވެ.

ސަލްމާން ވަނީ އެ ފިލްމުގައި އޭނާ ފެނިގެން ދާ ގޮތްކަމަށް ބުނެ ވަރަށް ތަފާތު ގޮތަކަށް އޭނާ ހުރި ފޮޓޯއެއް އިސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.

ސަލްމާން ފެނިގެން ގޮސްފައިވަނީ މީގެ ކުރިން ނުފެންނަ ފަދަ ބޮޑު ވަރުގަދަ އިސްތަށި ގަނޑަކާއެކުގައެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

"ކަބީ ޢީދު ކަބީ ދިވާލީ"ގެ ޝޫޓިންގ ފެށިކަން ފިލްމުގެ ލީޑުން ފެނިގެންދާ އެކްޓްރެސް ޕުޖާ ހޭގްޅޭ ވަނީ އޭނާގެ އިންސްޓަގްރާމްގައި ކަށަވަރު ކޮށްދީފައެވެ.

 

View this post on Instagram

 

A post shared by Pooja Hegde (@hegdepooja)

ފަރްހާދް ސަމްޖީ ޑައިރެކްޓް ކުރާ "ކަބީ ޢީދު ކަބީ ދިވާލީ"ގެ ކާސްޓް ގައި ސަލްމާންގެ ޅިއަނު އަޔޫޝްއާއި ވެންކަޓޭޝް ދަގުބަތީ، ޒާހިރު އިގްބާލް އަދި ޝެހެނާޒް ގިލް ވެސް ފެނިގެންދާނެއެވެ.

މި ފިލްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.