ސައުދީގެ އަރާމްކޯއަށް ފުރަތަމަ ކުއާޓަރުގައި 39.5 ބިލިއަން ރުފިޔާގެ ސާފު ފައިދާ

ސައުދީގެ އަރާމްކޯއަށް ފުރަތަމަ ކުއާޓަރުގައި 39.5 ބިލިއަން ރުފިޔާގެ ސާފު ފައިދާ

ސައުދީ އަރަބިއާގެ ދައުލަތުގެ ތެޔޮ ކުންފުނި، އަރާމްކޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ %82 އިތުރު ވެފައިވާ ކަމުގައި، އާދީއްތަ ދުވަހު ރިޕޯޓު ކޮށްފިއެވެ. މިއީ، މިހާރު ތެލުގެ އަގު މަތިވެފައި ވުމާއެކު، ދިރާސާ ކުރާ ފަރާތްތަކުން މީގެ ކުރިންވެސް ކޮށްފައިވާ އަންދާޒާއެކެވެ.

ސައުދީ އަރަބިއާގެ އަރާމްކޯ ހިމެނިގެންދަނީ، އެޕްލް ކުންފުންޏާއެކު، މިހާރު ދުނިޔޭގައި އޮތް އެންމެ އަގުހުރި ކުންފުނިތަކުގެ ތެރޭގައެވެ. އަދި މާރިޗު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް 39.5 ބިލިއަން ޑޮލަރުގެ ސާފު ފައިދާ ލިބިފައި ވެއެވެ. މިއީ ފާއިތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 21.7 ބިލިއަން ޑޮލަރަށްވުރެ %82 އިތުރު އަދަދެކެވެ.

ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓު ކުރާ ކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި 38.5 ބިލިއަން ޑޮލަރުގެ ސާފު ފައިދާ ލިބޭނެކަމަށް، ކުންފުނިން މީގެ ކުރިން އާންމުކޮށްފައިވާ، 12 އެނަލިސްޓުންގެ މެދުރާސްތާ އަންދާޒާތަކުންވެސް ދައްކާފައި ވެއެވެ.

"ދުނިޔޭގެ މާރކެޓްގެ އަގަށް އަންނަން ފަށާފައިވާ ބަދަލުތަކާއެކުވެސް، އަހަަރެމެންގެ އަމާޒު ހުރީ ދުނިޔޭގެ ބޭނުންތަކަށް ފުދޭވަރަށް، އިތުބާރާއެކު އަދި އެކަށީގެންވާ އަގެއްގައި، ދެމެހެއްޓިނިވި ގޮތަކަށް ތެޔޮ ފޯރުކޮށް ދެމުން ދިއުމަށް،" އަރާމްކޯގެ ސީއީއޯ އަމީން ނަސީރު ވިދާޅުވެފައި ވެއެވެ.

"ހަކަތައިގެ ރައްކާތެރިކަން ވަރަށް މުހިންމު، އަހަރެމެން މިދަނީ، އިތުރު ވަމުންދާ ގޭހާއި ތެލުގެ ޑިމާންޑާއި އެއްވަރަކަށް އުފެއްދުންތެރިކަމުގެ ގާބިލްކަން އިތުރު ކުރުމަށް، ދުރު ރާސްތާއަށް އަމާޒު ކޮށްގެން އިންވެސްޓު ކުރަމުން،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

ނަސީރު ވިދާޅުވުގޮތުގައި، ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށް ދެމުންދިއުމާއި އަދި ހަކަތައިގެ އެހެން ވަސީލަތްތަކަށް ރުޖޫއަވުމުގައި ވެސް އޭނާއަށް ފެންނަނީ ވަރަށް އުއްމީދީ މުސްތަގުބަލެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *