އިމްތުޔާޒު ފަހުމީ ވޯޓު ލައްވައިފި

އިމްތުޔާޒު ފަހުމީ ވޯޓު ލައްވައިފި

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވޯޓުލައްވައިފިއެވެ. އޭނާ ވޯޓު ލައްވާފައިވަނީ، ހިރިޔާ ސްކޫލުގައި ބެހެއްޓިފައިވާ މާފަންނު އުތުރު ދާއިރާގެ ވޯޓު ފޮއްޓަށެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދާނީ، މިއަދު ހެނދުނު 9 އިން ފެށިގެން ހަވީރުގެ 4 އާއި ހަމައަށެވެ.

މިހާތަނަށް މި އިންތިޚާބުގައި، ރައީސް ސޯލިހުގެ އިތުރުން ރައީސް ނަޝީދާއި އަދި އިތިޚާބުގައި ދެން ވާދަކުރާ، މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލުވެސް ވަނީ ވޯޓު ލައްވާފައެވެ.

މިއިންތިޚާބުގައި ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. އިންތިޔާޒަށް ރައީސް ނަޝީދު ތާއީދު ކުރައްވާއިރު، ފައްޔާޒް އިންތިޚާބުގައި ވާދަކުރައްވަމުން ގެންދަވަނީ ރައީސް ސޯލިހުގެ ތާއީދާއެކީއެވެ.

ޗެއަރޕާސަންގެ އިތުރުން މިއަދުގެ ވޯޓުގައި، އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު ވެސް މިއަދު ހޮވާނެ އެވެ. މި މަގާމުތަކުގެ ތެރެއިން އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާ ވާދަކުރައްވަނީ ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ

އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދާއި ބަހައްޓާ ވޯޓު ފޮށިގެ އަދަދުތައް

– 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ

– މާލޭގައި 87 ފޮށި

– ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓު ލެވޭ.

– އަންހެނުންގެ ރޫހަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ.

– ޔޫތު ވިންގަށް 32،057 މެމްބަރުން.

އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ ޓީމުންވެސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ވާދަވެރި ކެމްޕޭނެއް ކުރައްވާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީއާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވާދަކުރެއްވި ނަމަވެސް، މިއިންތިޚާބު ބެލެވެިފައިވަނީ، ރައީސް ސާލިޙާއި ރައީސް ނަޝީދާއި ދެބޭފުޅުންގެ މެދުގައި އޮތް ވާދަވެރި ކަމެއްގެ ގޮތުގައެވެ. އަދި ދެބޭފުޅުންވެސް ވަނީ، ފާޅުގައި ކެމްޕޭނަށް ނުކުމެވަޑައިނުގެން، އެހެންނަމަވެސް ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *