އުތުރުގެ ރަށެއްގައި 18 އަހަރު ނުވާ ފިރިހެން ކުއްޖަކަށް ގަނާ ކުރާ ވީޑިއޯ މީސް މީޑިއާގައި ދައުރު ނުރުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ޖެންޑަރ މިނިސްޓްރީން ކުރި ޓުވީޓެއްގައި އެދިފައިވަނީ، މީސްމީޑިއާ އަދި އެހެނިހެން މަންސަތަކުގައި މި ވީޑިއޯ އާންމު ނުކުރުމަށެވެ.
މީގެ އިތުރަށް ޓުވީޓުގައި ބުނެފައިވަނީ، މިކަމުގެ މަޢުލޫމާތު މިނިސްޓްރީއަށް ލިބިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ރަށުގެ ކައުންސިލް އަދި ރަށުގެ އިޖުތިމާޢީ ފަރާތްތަކާއި ގުޅިގެން މިމައްސަލަ ބެލުމުގެ މަސައްކަތް ކުރިޔަށް ދާ ކަމުގައެވެ. އަދި މީގެ އިތުރުން، ދިވެހި ފުލުހުންގެ ޙިދުމަތުންވެސް މި މައްސަލަ ތަހުޤީޤުކުރަމުންދާ ކަމަށްވެސް، މި ޓުވީޓުގައި މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ، މި ވީޑިއޯ ޝަލް މީޑިއާގައި ފަތުރަމުން ނުދިއުމަށް އިލްތިމާސް ކޮށްފައިވަނީ، ދައުރުވަމުންދާ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރު ކުރާނެ ވީޑއޯ އަކަށްވެފައި އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ވީޑިއޯ އަކަށް ވާތީ ކަމުގައެވެ.
އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާތީ އެކަމާއި ގުޅިގެން ދަންނަވަމެވެ. މިކަމުގެ މަޢުލޫމާތު ލިބިގެން މި ސަރވިސް އިން ދަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ރަށުގެ ކައުންސިލް އަދި ރަށުގެ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) 1/2
— Child and Family Protection Service (@cfps_mv) May 13, 2022
މީސް މީޑިއާގައި އާއްމުވަމުންދާ، ކުޑަކުއްޖާއަށް އަނިޔާކުރާ ވީޑިއޯއިން ފެނިގެން ދަނީ ކުދިން ތަކެއް ކުއްޖަކު ވަލު ތެރެއަށް ގެންގޮސް އަނިޔާ ކުރާ މަންޒަރެވެ. އެ ވީޑިއޯގައި އެ ކުއްޖާ ގައިގައި ދަނޑިއެއް ކަަހަލަ އެއްޗަކުން ތަޅާތަނާއި އެކަކު އެ ކުއްޖާއަށް އަނިޔާ ކުރާ ތަންވެސް މި ވީޑިއޯއިން ފެނެއެވެ. އަދި އެ ކުއްޖާއާ ވާހަކަދައްކަން އުޅޭތަން ވެސް ފެނިގެންދެއެވެ.
ކޮމެންޓު ފޮނުވާ