ގާތް މީހަކަށް ވަޒީފާ ހޯދައިދިނުމަށް އިންތި ކުރި މެސެޖްތައް ފޯނުގަ މިހާރުވެސް އެބަހުރި: ފައްޔާޒް

ގާތް މީހަކަށް ވަޒީފާ ހޯދައިދިނުމަށް އިންތި ކުރި މެސެޖްތައް ފޯނުގަ މިހާރުވެސް އެބަހުރި: ފައްޔާޒް

Author
ޢަލީ އާދަމް
13 މެއި 2022 05:46
0

އިމްިތިޔާޒު ފަހުމީ އޭނާގެ ގާތް މީހަކަށް ވަޒީފާ ހޯދާ ދިނުމަށް ގުޅުއްވާ ހެއްދެވިކަމަށާއި، އަދި ކުރެއްވި މެސެޖްތައްވެސް އެބަހުރި ކަމަށް، އެމްޑީޕީގެ ޗެއރަރޕާސަންކަމަށް ވާދަ ކުރައްވަމުން ގެންދަވާ، މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅު ވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، ގާތް މީހަކަށް ވަޒީފާ ހޯދާ ދިނުމަށް އިންތިޔާޒު ފަހުމީ ކުރައްވާފައިވާ، ލީކުވެފައިވާ މެސެޖާއި ގުޅޭގޮތުން މޮޑެރޭޓަރު ކުރެއްވު ސުވާލަށް ޖަވާބު ދެއްވަމުން އިމްތިޒާޒު ފަހުމީ ދެއްކެވި ވަހަކައާއި ގުޅޭތުން، ރޭ ސަންގު ޓީވީން ބެއްވި ބަހުސްގައެވެ.

އެހެންނަމަވެސް މި ބަހުސްގައި އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވަނޫ، ގާތް މީހަކަށް ވަޒީފާއެއް ހަމަޖައްސައިދިނުމަށް އެދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް މެސެޖް ކުރި ހަނދާނެއް ނެތް ކަމަށެވެ.

ސަންގު ޓީވީން ރޭ ބޭއްވި އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގެ ބަހުސްގައި އިންތިއަށް ވަނީ އަނބިމީހާގެ އާއިލާ މެންބަރަކަށް ވަޒީފާ ހޯދަން އިންތި ކުރެއްވި ކަމަށް ބުނާ މެސެޖްތަކާއި ގުޅޭ ގޮތުންވެސް ސުވާލުކޮށްފައެވެ.

ޖަވާބުގައި އިންތި ތަކުރާރުކޮށް ވިދާޅުވީ އޭނާގެ އާއިލާ މެންބަރަކަށް ވަޒީފާ ހޯދަން އެއްވެސް ނުފޫޒެއް ފޯރުވާފައި ނޯންނާނެ ކަމަށެވެ. ގާތް މީހަކަށް ވަޒީފާ ހޯދަން މެސެޖް ކުރި ކަމަށް ބުނާއިރު އެބުނާ މީހަކަށް ވަޒީފާ ލިބުނުތޯވެސް ބަލަން ޖެހޭނެ ކަމަށް އިންތި ވިދާޅުވިއެވެ.

އާއިލާގެ މީހަކަށް ވަޒީފާ ހޯދަން މެސެޖް ނުކުރައްވާ ކަމަށް އިންތި ވިދާޅުވި ނަމަވެސް ސަރުކާރުގެ ކުންފުންޏެއްގެ އިސްވެރިޔަކަށް އިންތި ކުރި މެސެޖުތަކެއް ވަނީ މީޑިއާގައި ލީކު ވެފައެވެ. ލީކްވެފައި ވަނީ އިންތި، ގްރޭޓަރ މާލެ ކުންފުނީގެ ޗެއާމަން ސާތިރަށް ފޮނުވި މެސެޖްތަކެކެވެ.

"ވަރަށް ބޮޑެތި އޮޅުވާލުންތައް އެބަ އޮޅުވާލާ. އަޅުގަނޑު މިޕާޓީއަށް ހިދުމަތުގައި ހުންނަތާ ކިތަށް އަހަރުވެއްޖެތޯ؟. މި ފިކުރުގައި ހުންނަތާ. މި މަސައްކަތުގައި ހުންނަތާ. އެކަމަކު އެންމެ ވަޒީފާއެއް ވެސް އަޅުގަނޑަށް ލިބިފައެއް ނެތް. އަޅުގަނޑު ހޯދާފައެއް ނެތް. އެއީ ދޮގު ވާހަކަތަކެއް. އައްސަވާ އެބޭފުޅަކު ވަޒީގައި ހުރިތޯ، ލިބުނުތޯ، ހޯދިތޯ؟"

– އިމްތިޔާޒް ފަހުމީ

އިންތިގެ ވާހަކަތަކަށް ރައްދު ދެއްވަން ލިބުނު ފުރުސަތުގައި އިކޮނަމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ މަގާމަކަށް މީހަކު އައްޔަން ކުރައްވަން އިންތި ގުޅުއްވާ މެސެޖް ވެސް ކުރެއްވި ކަމަށެވެ.

"ތިހާ ދޮގު ހައްދަވާކަށް ނުވާނެ، އަޅުގަނޑުގެ ފޯނުގައި އެބަހުރި މެސެޖްތައް."

– މިނިސްޓަރ ފައްޔާޒް

ފައްޔާޒްގެ ވާހަކަތަކަށް ޖަވާބުދެމުން އިންތި ވަނީ އޭނާ މެސެޖް ކުރިތޯ އާއި ހަނދާނެއް ނެތް ކަމަށް ވިދާޅުވެފައެވެ. ރޭގެ ބަހުސްގައި ދެބޭފުޅުންގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރެއްވިއެވެ.

މިހާރު ކުރިޔަށްދާ ކެމްޕޭންގައި ޗެއަރޕާސަންކަަމަށް އިމްތިޔާޒު ފަހުމީ ކެމްޕޭން ކުރައްވަމުން ގެންދަވަނީ، އޭނާއަކީ ދުވަހު އަމިއްލަ ކަމެއްގައި ސަރުކާރުގެ އިސް އޮފިޝަލަކަށް ނުގުޅުއްވާ އަދި ނަޒާހަތްތެރި ބޭފުޅެއް ކަމުގައި އަމިއްލަފުޅަށް ވަކާލާތު ކުރައްވަމުންނެވެ. އަދި ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ، މި އިންތިޚާބުގައި ތާއީދު ކުރައްވާނީ ނަޒާހަތްތެރި ބޭފުޅަކަށް ކަމުގައެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބަށް ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުންވެސް ވަނީ ވަރުގަދަ ކެމްޕެއިނެއް ކޮށްފައެވެ. އެގޮތުން 2 ކެނޑިޑޭޓުން ވެސް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ޕާޓީގެ މެމްބަރުންނާ ބައްދަލުކޮށް އާންމު މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.