އެމްޓީސީސީން މާލެ ސަރަހައްދުގައި ދޭ ބަސްދަތުރުގެ ހިދުމަތް ފުޅާކުރުމަށް ބޭނުންވާ އައު ބަސްތަކެއް މާލެ ގެނެސްފިއެވެ.
މި ބަސްތައް މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ވަނީ ރޭގެ ވަގުތެއްގައެވެ. މި ބަސްތަކަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަށް ހާއްސަކޮށްގެން ގެނައި ބަސްތަކެއްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
އާޒިމް ވިދާޅުވީ އެ ބަސްތަކުގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. އަދި މިއީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލުހޯދުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ގެނައި ބަސްތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
Hulhumale phase 2 ge hiya flat thakuga dhiri ulhey raiyyithunnah dhimaavefaavaa dhathuru fathuruge dhathikamah Raees @ibusolih ge irushaadhuge dhashun dhaaimee hahleh hoadhaa dhinumah beynunvaa bus thah male’ port ah beylun. June 2022 hihfashey dhathuru thah fesheyne. @MTCCPlc pic.twitter.com/inm07p0QvK
— Adam Azim (@adamazim) May 11, 2022
އަލަށް ގެނައި ބަސްތަކާއެކު ދެވަނަ ފިޔަވަހީގައި ހިތްފަސޭހަ ދަތުރުތައް އަންނަ ޖޫންމަހު ފެށޭނެ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
އަލަށް ގެނައި ބަސްތަކުގައި ވަނީ އެކުންފުނިން ދޭންފަށާފައިވާ "ރަށު ޓްރާންސްޕޯޓް ލިންކް" ހިދުމަތުގެ ލޯގޯ ވެސް ޖަހާފައެވެ. މީގެ އިތުރު ބަސްތަކެއް ކުރިއަށް އޮތްތާ ގެނައުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ