ހުއްދަ ނުނަގައި ހިޖާމާ ޖަހަމުންދާތީ މައްސަލަ ބޮޑުވެފައިވާ "ފަޒީސް ހިޖާމާ ތެރަޕީ"ގެ ޚިދުމަތް ހެލްތު މިނިސްޓްރީން ހުއްޓުވައިފިއެވެ.
ފަޒީގެ ހިޖާމާގެ މައްސަލަ ބޮޑުވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެންދިޔައީ، ޑައިބެޓީސް ނުވަތަ ހަކުރު ބައްޔަކީ ހިޖާމާއިން ރަނގަޅުކުރެޗޭކުރެވޭ ބައްޔެއް ކަމަށް ބުނުމުންނެވެ. އެގޮތުން ބާރުގަދަ ބޭސްތައް ބޭނުން ކުރުމުގެ ބަދަލުގައި ހިޖާމާ ބޭނުން ކުރުމަށް ފަޒީސް ހިޖާމާ ކުރި ޕޯސްޓްތަކެއްގައި ވަނީ އިރުޝާދު ދީފައެވެ. އަދި އިންސިއުލިން ޖެހުމުގެ ބަދަލުގައި ހިޖާމާ ޖެހުމަށް އެ ޕޯސްޓުގައި ބުނި މައްސަލައާ ގުޅިގެން އެތައް ބަޔަކު ވަނީ އެކަމުގެ ހިތްހަމަނުޖެހުމާއި ނުރައްކަލުިގެ ވާހަކަ ސޯޝަލް މީޑިއާގައި ދައްކާފައެވެ.
އެއާއެކު ދެން ފެންމަތިވީ ފަޒީސް ހިޖާމާއަކީ ހުއްދަ ނުނަގާ ދެމުން އަންނަ ޚިދުމަތެއްކަމަށާއި، ބޮޑު އާމްދަނީއެއް ނަގަމުން އަންކަމެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކޮންމެ ސެޝަނަކުން 1000 ރުފިޔާ ނަގަމުން އާއިރު، ދުވާލެއްގެ މައްޗަށް 30،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނިއެއް ފަޒީސް ހިޖަމާއިން އައީ ނަގަމުންކަމަށް ބުނެފައިވެއެވެ.
މިއާއެކު ހުއްދަ ނުނަގާ ދެމުން އައި ސިއްޙީ ޚިދުމަތެއްކަމުން އެކަން ހެލްތު މިނިސްޓްރީން މިހާރު ވަނީ ހުއްޓުވާފައެވެ. ނަމަވެސް ފަޒީސް ހިޖާމާގެ އިސްވެރިޔާ ފަޒީލާ ވަނީ އަމިއްލަ ގޭގައި އެ ޚިދުމަތް ދީގެންނަމަވެސް އެ މަސައްކަތް ނުހުއްޓުވޭނެކަމަށް ބުނެފައެވެ. ނަމަވެސް ފަޒީލާ މިހާރު ބުނަނީ އޭނާ ޑިޕްލޮމާ ކޯހެއް އޮންލައިންކޮށް ފުރިހަމަކުރަމުންދާކަމަށާއި، ދެން ޚިދުމަތް ދޭނީ ސެތްފިކެޓް ލިބުމުން އޭގެ ހުއްދަ ހެލްތު މިނިސްޓްރީން ނަގައިގެންކަމަށެވެ. އެގޮތުން އެ ޚިދުމަތް ރަޖިސްޓްރީ ކުރާނެކަމަށް ބުންޏެވެ.
ހަ އަހަރުވަންދެން ފަޒީލާ އެ ހިދުމަތް ދެމުން އައީ އެ ދާއިރާއިން އެއްވެސް ކޯހެއް ހަދައިގެނެއް ނޫނެވެ. އޭނާ ތުހުމަތުކުރާގޮތުގައި ބަޔަކު އޭނާ ބޮޑު އާމްދަނީ ހޯދާތީ އެކަން ހުއްޓުވީކަމަށެވެ.
ކޮމެންޓު ފޮނުވާ