ފެހެންދޫ ފަޅުގައި އޮތް ބޯޓަކާ ލޯންޗެއް އަނދައި ހުލިވެއްޖެ

ފެހެންދޫ ފަޅުގައި އޮތް ބޯޓަކާ ލޯންޗެއް އަނދައި ހުލިވެއްޖެ

Author
މުޙައްމަދު ޖިމީ
12 މެއި 2022 09:29
0

ބ.ފެހެންދޫ ފަޅުގައިއޮތް މުދާ އުފުލާ ބޯޓަކާއި ލޯންޗެއްގައި ރޯވެ އަނދައި ހުލިވެއްޖެއެވެ. ފެހެންދޫ ކައުންސިލުން ބުނީ އެ ދެ އުޅަނދުގައި ގަސްތުގައި ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

މިހާދިސާ ހިނގީ ރޭ މެންދަމު 1:15 ހާއިރުއެވެ.ކައުންސިލުން ބުނީ  ފަޅުގައި ހުރި އެހެން އޮޑިދޯނިފަހަރަށް ގެއްލުންނުވެ ސަލާމަތް ކުރެވުނީ އެވަގުތަކީ ރަށުގައި ތިބި ޒުވާނުން ބައިބަލާ ބަލަން ހޭލާ ތިބި ގަޑިއެއްކަމުންނެވެ. އެހެން ނޫންނަމަ ފަޅުގައި ހުރި ހުރިހާ އުޅަދެއް އަނަދައިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ފެހެންދޫ ކައުންސިލުން ބުންޏެވެ.

ސަތޭކައެއްހާ މިހުން ދިރިއުޅޭ ފެހެންދޫގައި ހިނގި އަލިފާން ރޯވެ އަނދައި ހުލިވި ލޯންޗަކީ އެރަށު މީހެއްގެ އުޅަނދެކެވެ. އެ އުޅަނދުގައި ރޯވީ އަލިފާން ރޯވި އުޅަނދުގެ ވާ ކަނޑައިގެން ގޮސް އެލޯންޗް މައްޗައް ލައްވުމުންނެވެ.

ފުލުހުން އަންނަނީ މިމައްސަލަ ތަހުގީގުކުރުމަށްޓަކައި ހަރަކާތްތެރިވަމުންނެވެ. މުދާ އުފުލާ ބޯޓަކީ އެރަށުގައި ގެސްޓް ހައުސްއެއް ހިންގާ ބަޔަކު ކުއްޔަށް ނަގައިގެން އުޅޭ ބޯޓެކެވެ. އަލިފާން ރޯވިއިރު ބޯޓުގައި އެއްވެސް މީހަކު ނެތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.