ވާރޭ ވެހޭއިރު ކަރީނާ އެންމެ ކުރާހިތްވާ ކަމަކީ ކޮބައިކަން އެނގޭތަ؟

ވާރޭ ވެހޭއިރު ކަރީނާ އެންމެ ކުރާހިތްވާ ކަމަކީ ކޮބައިކަން އެނގޭތަ؟

Author
ފާތިމަތު ނާވީ
13 މެއި 2022 09:39
0

ވިއްސާރަ މޫސުމަކީ އެތައް ބައެއްގެ ހިތަށް ހިތްހަމަޖެހުން ގެނެސްދޭ މޫސުމަކަށްވާއިރު، އެ ލިސްޓުގައި ބޮލީވުޑް އެކްޓަރ ކަރީނާ ކަޕޫރު ވެސް ހިމެނޭކަން އޭނާ ހާމަކޮށްފިއެވެ.

ކަރީނާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ފޮޓޯއިން ދައްކުވައިދެނީ ވާރޭ ވެހޭއިރު އޭނާ އެންމެ ކުރާހިތްވާ ކަމެވެ. އެ ފޮޓޯއިން ފެންނަނީ ސައިތަށްޓަކާއި ބިސްކޯދެވެ. އަދި ފަހަތުން ވިއްސާރަ ވެހެމުންދާތަން ފެނިގެންދެއެވެ. "ވާރޭ، ބޯބޮން އަދި ސައި” ހިތްތަކަކާއެކީ ކަރީނާ ލިޔެފައިވެއެވެ. ބޯބޮން އަކީ އެ ފޮޓޯގައިވާ ބިސްކޯދުގެ ނަމެވެ.

ކަރީނާ ބުނީ އެއީ އެންމެ އުފާވެރި އިހުސާސް ކަމަށެވެ. އަދި ވާރޭ ވެހޭއިރުގައި އޭނާ ކުރަން އެންމެ ހިތްހަމަ ޖެހޭ އަދި ކުރާ ހިތްވާ ކަމަކީ އެއީ ކަމުގައި ކަރިނާ ބުނެއެވެ.

އާންމުކޮށް ކޮންމެ އަހަރެއްގެ މިދުވަސްވަރަކީ ރާއްޖެއާއި އިންޑިއާ ހިމެނޭ މިސަރަހައްދަށް ވިއްސާރަ ދުވަސްވަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.