42 ކިލޯގެ ޑްރަގް މައްސަލަ: ނަޝީދުގެ ބަންދަށް އިތުރު 10 ދުވަސް

42 ކިލޯގެ ޑްރަގް މައްސަލަ: ނަޝީދުގެ ބަންދަށް އިތުރު 10 ދުވަސް

Author
މުޙައްމަދު ޖިމީ
10 މެއި 2022 12:49
0

42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް އިތުރު 10 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފުލުހުން ހިންގި ޚާއްޞާ އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ ތެރޭގައި 42 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ، މއ. ނޫރުއް، އަބްދުﷲ ނަޝީދުއެވެ. އެ އޮޕަރޭޝަނުގައި އަތުލައިގަތް 42 ކިލޯގެ ހެރޮއިން ފެނުނީ މ. ލަވްނެސްޓް ގޭގެ ތަޅުމުގެ ދަށުގައި ފޮރުވާފައި ހުއްޓައެވެ.

ނަޝީދުގެ އިތުރުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި އޭރުހުރި ހ. މަކައިރާ އަހްމަދު ހުސައިންއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ނަޝީދުގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތެވެ. އޭނާގެ މުއްދަތު މަޖިލީޙުގައި ފުލުހުން ބުނެފައިވަނީ، ނަޝީދުގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާކަމަށެވެ. އޭނާ މަސައްކަތް ކުރާ އޮފީހުން މައްސަލައާ ގުޅުން ހުރި ލިޔެކިޔުންތައް ފެނިފައިވާއިރު، ސީން އަށް ދިޔަ ފުލުހުންގެ ބަޔާނާއި ހެކިވެރިއެއްގެ ބަޔާނާއި އިންޓެލިޖެންސް ރިޕޯޓާއި ކޯލް ޗާޓު ވެސް ހެކީގެ ގޮތުގައި ވަނީ ހުށަހަޅައިފައެވެ.

މި މައްސަލާގައި ސީޕީ މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ބަންދުކޮށްފައިވާ އަހުމަދު ހުސައިނަކީ އެންމެ އިސް މީހާ ކަމަށް ތުހުމަތު ކުރެވޭކަމަށެވެ. އޭނާގެ ބަންދަށްކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.