"ދޭ ދޭ ޕިޔާރް ދޭ"ގެ ދެވަނަ ބައެއް އުފައްދަނީ

"ދޭ ދޭ ޕިޔާރް ދޭ"ގެ ދެވަނަ ބައެއް އުފައްދަނީ

Author
ފާތިމަތު ނާވީ
11 މެއި 2022 07:47
0

2019 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ދޭ ދޭ ޕިޔާރް ދޭ"ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ޚަބަރުތައް ބުނެފިއެވެ.

މި ފިލްމުގެ ލީޑުން ފެނިގެން ގޮސްފައިވަނީ އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތު ސިންގް އަދި ތަބޫއެވެ.
މި ފިލްމް އަކީ ދަރިއެއްގެ އުމުރުގެ ކުއްޖާކާ ހިތާވެވޭ މީހަކަށް ކުރިމަތިލާން ޖެހޭ ކަންތައްތަކެއް މަޖާ ގޮތަކަށް ގެނެސް ދީފައިވާ ފިލްމެކެވެ.

ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގެ ސްކްރީން ޕްލޭގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި އަޖޭ ވަނީ މި ފިލްމްގެ ދަވަނަ ބައެއް ގެނެސްދޭކަން ކަށަވަރު ކޮށްދީފައެވެ.

ޑައިރެކްޓަރ ލަވް ރަންޖަން ޕްރޮޑިއުސްކޮށް، އާކިވް އަލީ ޑައިރެކްޓްކޮށް ގެނެސްދިން "ދޭ ދޭ ޕިޔާރު ދޭ" އަކީ އާބަން ރޮމޭންޓިކް ކޮމެޑީއެކެވެ. މި ފިލްމް އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.