ޓައިގާ ޝްރޯފް ބޮޑުވީތަ ނޫނީ ލޮކްޑައުންގައި ސޯޓު ކުޑަ ވީތަ؟

ޓައިގާ ޝްރޯފް ބޮޑުވީތަ ނޫނީ ލޮކްޑައުންގައި ސޯޓު ކުޑަ ވީތަ؟

Author
admin
13 ނޮވެމްބަރ 2020 08:25
0

ޒުވާނުންގެ މެދުގައި މިހާރު އެންމެ މަޤްބޫލު ބޮލީވުޑްގެ ފިރިހެން ތަރި ޓައިގާ ޝްރޮފް ބުދަ ދުވަހު މިވަނީ ރައްޖެ އައިސްފައެވެ. އެންމެން ވެސް އަޅައިގަތީ ޓީއެމްއޭގެ ސީޕްލޭނެއް ކައިރީގައި "ނަލަ ހަށިގަނޑު" ދައްކާލައިގެން، މިއީ މި ޗުއްޓީގެ ޑްރެސްކޯޑޭ ޖަހާފައި އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯގައެވެ.

އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދާ ޓައިގާ އަނެއްކާވެސް މިވަނީ އޭނަގެ ނަލަ ހަށިގަނޑުގެ 2 ފޮޓޯ އިންސްޓަގްރާމަށް ދޫކޮށްލާފައެވެ. ރީނދޫ ކުލައިގެ ކުރު ސޯޓެއް ލައިގެން މޫދުގައި ހުރެ ނަގާފައި ވާ މި ފޮޓޯއާއެކު މަޖާ ކެޕްޝަނެއް ވެސް ވަނީ ލިޔެލާފައެވެ.

" އަހަރެން ބޮޑުވީ ނޫނީ މަގޭ ސޯޓު ލޮކްޑައުންގެ ސަބަބުން ކުޑަވީ"

– ޓައިގާ އިންސްޓަގްރާމް ޕޯސްޓް

އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ފުރިހަމަ ހަށިގަނޑެއްގެ ވެރި ޓައިގާއާ ގުޅޭގޮތުން ދެން އޮތީ އަންހެން ކުދިން ތަންކޮޅެއް ދެރަވާނެ ކަހަލަ ވާހަކައެކެވެ. ޓައިގާ ރާއްޖޭގައި ހުރި މި ދަނޑިވަޅުގައި އޭނަގެ ލޯބިވެރިޔާގެ ގޮތުގައި މުޅި ބޮލީވުޑުގައި އަޑުފެތުރޭ ޑިޝާ ޕަޓާނީވެސް ރާއްޖޭގައި އެބައުޅެވެ. ބޮލީވުޑްގެ ތަރިންގެ ޙަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުގައި މި ދެތަރިން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަނީ އެކީގައި ކަމަށް ބުނަމުން ގެންދިޔަ ނަމަވެސް އެކަން އަދި ޔަގީނެއް ނުކުރެވެއެވެ. ނަމަވެސް ބައެއް މީޑިއާ ތަކުން ޓައިގާ ދިވާލީގެ ޗުއްޓީ ދިޝާ އާއި އެކު ހޭދަކުރާނެ ކަން ކަށަވަރު ކޮށްދީފައި ވާކަމަށްވެސް ވަނީ ބުނެފައެވެ. މި ހަފްތާ ބަންދަކީ ހިންދޫއިން ގެ ދިވާލީ ފެސްޓިވަލެވެ.

 

ޑިޝާ ރާއްޖޭގައި ހުރެ އިންސްޓަގްރާމް ސްޓޯރީއަށް ލާފައިވާ ވީޑިއޯއެއް އަދި ޓައިގާ ރާއްޖޭގައި – ފޮޓޯ: އިންސްޓަގްރާމް

ޑިޝާގެ ފަރާތުން އަދި ފެނުނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ދޫކޮށްލި ރާއްޖޭގެ ވީޑިއޯ ކޮޅަކާއި ފޮޓޯ ކޮޅެއް އެކަންޏެވެ. އޭނާ ހުރި ރިސޯޓެއްވެސް އަދި ޔަގީނެއް ނުވެއެވެ. މި ދެތަރިން ނަކީ މީގެ ކުރިންވެސް އެކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ދެތަރިންނެވެ. އިންޑިއާގެ މީޑިއާތަކުން މި ދެތަރިން އެކުގައި ޗުއްޓީ ހޭދަކުރާ ކަމަށް ޝައްކު ކުރަނީ ދެމީހުން އެކުގައި ބުދަދުވަހު މުމްބާއީ އެއަރޕޯޓުން ފެނުނީމައެވެ.

ޓައިގާގެ ފޮޓޯއަށް އޭނާގެ އަންހެން ކޮއްކޮ ކްރިޝްނާ ޝްރޮފް ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައި ވަނީ 13 ވަނަ ދުވަހު ބައްދަލު ވާނެ ކަމަށެވެ. އެހެންކަމުން ޓައިގާ މިފަހަރު ރާއްޖެއައީ އާއިލާގެ ބައެއް މެމްބަރުންނާއެކު ޗުއްޓީ ހަދާލަން ކަމަށް ބެލެވޭ ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެއެވެ.

ދިޝާ އާއި ޓައިގާ އެންމެ ފުރަތަމަ ބައްދަލުވީ 2017 ވަނަ އަހަރު ބާގީ-2 ގެ ސެޓުންނެވެ. އެއަށްފަހު މިއުޒިކް ވީޑިއޯ ބޭފިކްރާ އިން ވެސް ފޭނުންގެ ހިތްތައް ދެތަރިން ވަނީ އަތުލާފައެވެ.

ކޯވިޑް-19ގެ ސަބަބުން ކޮލްޑައުން އާއި ދަތުރުފަތުރުގެ ދަތިކަމަށް ފަހު ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ މަންޒިލަށް ރާއްޖޭ މިވަނީ ވެފައެވެ. އެގޮތުން ފާހަގަކޮށްލެވޭ އަނެއް ތަރި އަކީ "ސިންގަމް"ގެ ތަރި ކާޖަލް އަގަރުވާލް އެވެ.

ކާޖަލް އަގަރުވާލް ހަނީމޫންގައި ރާއްޖޭގައި -ފޮޓޯ: އިންސްޓަގްރާމް

ކާޖަލް އަގަރުވާލް ރާއްޖެއައީ ފިރިމީހާ ގޮއުތަމް ކިޗްލޫ އާއިއެކު ހަނީމޫނަށެވެ. ދެމީހުންގެ ހަނީމޫން ހޭދަކުރަނީ ކޮންރެކްޑް މޯލްޑިވްސް ރަންގަލީގެ އަގުބޮޑު މޫދު ކޮޓަރީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.