ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ދިމާވި ކޮންމެ ދަތި ދުވަސް ވަރެއްގައި ޕާޓީ ނަގަހައްޓުމުގެ އެންމެ އިސްދައުރެއް އަދާކުރެއްވީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވަ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލްކަމަށް، އޭނާގެ ކެމްޕެއިން މެނޭޖަރ އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވި ފައްޔާޟުގެ ކެމްޕެއިން މެނޭޖާ އިބްރާހިމް ވަހީދު ވިދާޅުވީ އެމްޑީޕީ ތެރެއިން ފައްޔާޟު އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ 2005 ވަނަ އަހަރު ޑިސެމްބަރު މަހު ބޭއްވި އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ބޭއްވުމަށްފަހު ޕާޓީގެ ހުރިހާ ގުނަންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދިޔައިރު ފުރަތަމަ އެކުލަވާލެވުނު ޤާނޫނު ކޮމެޓީގެ މުޤައްރިރުގެ ގޮތުގައި ކުރެއްވި މަސައްކަތުން ކަމަށެވެ.
އޭރު އެއީ އަލަށް ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފައްދައި ޤާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ގެނައުމުގައިވެސް ޤާނޫނީ ގޮތުން ޕާޓީ ތެރެއިން ކުރެއްވި ހުރިހާ މަސައްކަތެއްގައިވެސް ފައްޔާޟުގެ ދައުރު ބޮޑު ކަމަށެވެ. އަދި އޭރު ކުރިއަށް ދިޔަ ހުރިހާ އިންތިޚާބެއްގައިވެސް ފައްޔާޟުވަނީ ޤާނޫނީ ގޮތުން ލަފާ ދެއްވައި ޕާޓީއަށް އިންތިޚާބުތައް ކާމިޔާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށެވެ.
ފައްޔާޟު އިސްމާއިލަކީ ޕާޓީއަށް ދިމާވި ދަތި ކޮންމެ ދުވަސްވަރެއްގައި ޕާޓީ ނެގެހެއްޓުމަށް މަސައްކަތް ކުރައްވަމުން ގެންދެވި ފަރާތެއް. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭނީ 2016 ވަނަ އަހަގެ މޭޑޭ މުޒާހަރާއަށްފަހު، އޭރުގެ ޗެއާޕާސަން އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުންނާއި، ޕާޓީގެ ރައީސް އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުންނެވިއިރު މިހުރިހާ ކަމެއް ކުރެއްވީ ފައްޔާޟު. އެދުވަސްވަރު ޤައުމީ މަޖިލިސް ބޭއްވުމަށް އިސްނަންގަވައި، ފައިދާހުރި ބައްދަލުވުންތަކަކަށްވި.
– އިބްރޭ ވިދާޅުވިއެވެ.
މީކީ އާދައިގެ ކެންޕެއިން މެނޭޖަރެއް ނޫން!
ހުށިޔާރު ހިކުމައްތެރި ކަން ކަން އޮގަނިޒް ކޮށް ރާވާ ހިންގާލަން @ibreys މިވަރެއް ނޯންނާނެ ????#MDPhingaalan pic.twitter.com/6nVVe4VHEp— kenereege thaureef (@thaureef) May 8, 2022
އިބުރޭ ވިދާޅުވީ ނިމިދިޔަ ވެރިކަމުގައި އެމްޑީޕީގެ ރައީސް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި އުޅުއްވުމާއި، ޕާޓީގެ ޗެއާޕާސަން އިނގިރޭސި ވިލާތަށް ވަޑައިގަތުމުން، ޕާޓީ ހިންގާނެ ގޮތެއްނެތި ގޮތް ހުސްވެފައި އޮތް ދަނޑިވަޅުގައި ކޮންމެ ހަފްތާއަކު ޤައުމީ މަޖިލިސް ބޭއްވޭ އިންތިޒާމު ހަމަޖައްސައި އެކަން ކުރެއްވީ ފައްޔާޟު ކަމާށެވެ. މިކަމުގެ ނަތީޖާ އޭރު އެމްޑީޕީއަށް ކުރި މިންވަރު މިއަދު މިއޮތީ ފެންނަންކަމަށް އިބުރޭ ވިދާޅުވިއެވެ.
ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، މިއިންތިޚަބަކީ މިހާތަނަށް އެންމެ ވާދަވެރި އިންތިޚާބަށް ވެގެންދާނެއެވެ. އަދި މިއިންތިޚާބުގެ ނަތީޖާ ގުޅިފައިވަނީ އެމްޑީޕީގެ ލީޑަރޝިޕްގެ ބާރުވެރިކަން ހޯދުމާއިކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޗެއާޕާސަން އިންތިޚާބުގައި ފައްޔާޟާއި، އިންތި ވާދަކުރެއްވި ނަމަވެސް މިއީ ސީދާ ރައީސް ޞާލިހާއި، ނަޝީދުގެ މެދުގައި ބޭއްވޭ އިންތިޚާބެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ނިކުންނާނެ ކެނޑިޑޭޓަކުވެސް މިއިންތިޚާބުގެ ނަތީޖާއިން ސާފުވާނެކަމަށް ގިނަ ބަޔަކުދެކެވެ.