ކެމްޕެއިންގައި އިންތި ހުރިހާ ރަށަކަށް ދަތުރުކޮށްފި، މޮޅުވާނީ ރަނގަޅު ނަތީޖާއަކުން: އިންތި

ކެމްޕެއިންގައި އިންތި ހުރިހާ ރަށަކަށް ދަތުރުކޮށްފި، މޮޅުވާނީ ރަނގަޅު ނަތީޖާއަކުން: އިންތި

Author
މުޙައްމަދު ޝަޒައިމް
08 މެއި 2022 02:53
0

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަ ކުރައްވާ އިމްތިޔާޒު ފަހުމީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންގޮސްފިއެވެ.

އިންތިގެ މިއަދު ދަތުރު ކޮށްފައިވާ މަކުނުދޫއަކީ މިކެމްޕެއިންގައި ދަތުރު ކުރި މީހުން ދިރިއުޅޭ އެންމެ ފަހުރަށެވެ. އިންތި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް އެމްޑީޕީގެ އާންމު މެމްބަރުންނާއި ބައްދަލުކޮށް، ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވާފައެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކޮށް ނިންމާލުމަށްފަހު، މަކުނުދޫ އެމްޑީޕީ މެމްބަރުންނާއި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ މިދަތުރާއިއެކު މިކެމްޕެއިންގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރެވި އެމްޑީޕީ މެމްބަރުންގެ ކަންބޮޑުވުންތައް ސާފު ވެފައިވާކަމަށެވެ. ދަތުރުތަކުން ލިބިގެންދިޔަ އެންމެ ބޮޑު ހިންހަމަ ޖެހުމަކީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ލިބުންކަމަށް އިންތި ވިދާޅުވިއެވެ.

މަކުނޫއަށް މިއައި ދަތުރާއި ހަމައިން މިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޗެއާޕާސަން ކަމުގެ އިންތިޚާބުގައި އަރާ މިނިމުނީ. ހުރިހާ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރެވުނީ. އެމްޑީޕީ މެމްބަރުންނާއި ހަމައަށް ދެވުނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މޮޅުވާނީ މާރަސްކަލާންގެ ރަހުމަތްފުޅުން ރަނގަޅު ނަތީޖާއަކުން.

– އިންތި ވިދާޅުވިއެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިޚާވުގައި އިންތިއާއި ވާދަކުރައްވާ ފައްޔާޟުގެ ޓީމުންވެސް މަސައްކަތް ކުރަމުންދަނި ރާއްޖޭގައި މިީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރު ކުރުމަށެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ވާދަވެރި އަދި ފޯރިގަދަވާނެ އިންތިޚާބެއްކަމަށް ބެލެވެއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.