"ގަންގޫބާއި ކަތިއަވަޅީ" އަށް ނެޓްފްލިކްސްގައި ބޮޑު ތަރުހީބެއް!

"ގަންގޫބާއި ކަތިއަވަޅީ" އަށް ނެޓްފްލިކްސްގައި ބޮޑު ތަރުހީބެއް!

Author
ޢަލީ އާދަމް
06 މެއި 2022 07:51
0

ބޮލީވްގެ އެކްޓްރެސް އާލިއާ ބަޓްގެ އެންމެ ފަހުގެ ފިލްމު "ގަންގޫބާއި ކަތިއަވަޅީ" އޮންލައިން ޕްލެޓްފޯމް ނެޓްފްލިސްގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރަންފެށި މި ފިލްމު މިހާރުވަނީ ނެޓްފްލިކްސްގެ އިނގެރޭސި ނޫން ފިލްމުތަކުގެ ޗާޓުގެ އެއްވަނައަށް އަރާފައެވެ.

މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމެކެވެ. މި ބަޔޮޕިކް ގައި މުހިންމު ރޯލަކުން އަޖޭ ދޭވްގަން ވެސް ފެނިގެން ދާނެއެވެ. އަޖޭ މިފިލްމުގައި ކުޅެނީ އިންޑިއާގެ ކުރީގެ މަޝްހޫރު ޑޮންއެއް ކަމަށްވާ ކަރީމް ލާލާގެ ރޯލެވެ.

މީގެ އިތުރުން ޝާންތަނޫ މަހޭޝްވަރީ، ރާމްނިކް ލާލް އަދި ހުމާ ގުރޭޝީ ވެސް މުހިންމު ރޯލަކުން ފެނިގެން ދެއެވެ.

މި ފިލްމަކީ ހުސައިން ޒައިދީ ލިޔެފައިވާ "މާފިޔާ ކުއީންސް އޮފް މުމްބާއީ" ގައި ހިމެނޭ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އިންޑިއާގައި އުޅުނު ހަށިވިއްކާ އަންހެނެއް، ގޭންގްސްޓާރެއްގެ ދަރަޖައަށްގޮސް ގިނަބަޔަކު އިހްތިރާމުކުރާ މީހަކަށް ވެގެންދާގޮތް މި ފިލްމުގައި ވަނީ ދައްކުވައިދީފައެވެ.

ފެބްރުވަރީ 25 ވަނަ ދުވަހު މިފިލްމު ސިނަމާތަކުގައި އެޅުވިފަހުން އަންނަނީ ބޮކްސް އޮފީހުގައި ރެކޯޑަކަށްފަހު ރެކޯޑެއް މުގުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.