ޤައުމީބިން ފޮތިފޮތި ވާފަދަ މަފްހޫމަކަށް ތާއީދުލިބޭ މޭރުމަކުން ވާހަކަދެއްކުމަކީ ސިޔާސީބޭނުމެއްގައި ނަމަވެސް އެއްވެސްމީހަކު ކޮށްގެން ވާނެކަމެއްނޫން ކަމަށް ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ހަގީގީ ޖުމްހޫރީ ވެރިކަމަކީ ސުވާދީވުގެ ވެރިކަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފަސްގަނޑުގެ ވަހުދަތަކީ މި ޤައުމުގެ ސިޔާދަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެކަން ނެތި ދާގޮތަކަށް ވަކި މަޤުސަދެއްގައި ވާހަކަ ދެއްކުމަކީ އެއްވެސް ސިޔާސީ ބޭފުޅަކުވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ޤައުމީބިމުގެ ވަޙްދަތަކީޤައުމުގެސިޔާދަތުގެވަރަށްމުހިންމުބައެއް.ވީމާޤައުމީބިންފޮތިފޮތިވާފަދަމަފްހޫމަކަށްތާއީދުލިބޭމޭރުމަކުންވާހަކަދެއްކުމަކީ ސިޔާސީބޭނުމެއްގައިނަމަވެސް އެއްވެސްމީހަކުކޮށްގެންވާނެކަމެއްނޫން. @presidencymv @MRM_Office
— Maumoon Abdul Gayoom (@maumoonagayoom) November 12, 2020
ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރަސްކަމުގެ ނިޒާމަކުން ޖުމްހޫރީ ވެރިކަމުގެ ނިޒާމަށް ބަދަލުވެގެން ދަނީ ބާރުތައް ރައްޔިތުންނަށް ލިބުމުން ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ކިބައިން ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރަން ފެށުނު ކަމަށް، 1953 ވަނަ އަހަރާއި 1968 ވަނަ އަހަރު ވެރިކަން ކުރި ގޮތަށް ބަލާއިރު ދަންނަވަން ދަތި ކަމަށް ރައިސް ނަޝީދު ވިދާޅުވިއެެވެ. ސުވަދީވަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ހުންނަވަނިކޮށް ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު ބައިވެރިވެގެން އުފެއްދި ވަކި ސަރުކާރެކެވެ.
ކޮމެންޓު ފޮނުވާ