ސަރުކާރަށް ވަގަށް ގޮވާ ހަޖޫ ޖަހާބަޔަކު ލީޑާޝިޕަށް ގެނައުމަކީ ޚިޔާނާތްތެރިވުމެއްކަމަށް ވިދާޅުވެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ޓީމަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާޞުގެ ވާދަވެރިކަން ބޮޑުވެ ފައްޔާޒް ޓީމާ އިންތިގެ ޓީމުން ގެންދަނީ އެއްބަޔަކު އަނެއްބަޔަކަށް ފާޑުވިދާޅުވަމުންނެވެ. ޚާއްޞަކޮށް އިންތިގެ ޓީމުން މި ސަރުކާރަށް ރައްދުކުރާ ފާޑުކިޔުން އިތުވެފައިވެއެވެ.
މިކަމާއި ގުޅިގެން ކެލާ ދާއިރާގެ މެންބަރު ޝަރީފް ވިދާޅުވީ، ސަރުކާރަށް ވަގަށް ގޮވާ ހަޖޫ ޖަހާބަޔަކު، ޕާޓީގެ ލީޑަރ ޝިޕަށްގެނައުމަކީ، ވެރިކަންހޯދާން އެތައްހާސް މެންބަރުނެއް ކުރި ބުރަ، އުންދަގޫ އަދި ބިރުވެރި މަސައްކަތަށްހިޔާނާތް ތެރިވުންކަމަށެވެ. އަދި ޕާރޓީގެ ކޮންމެ މެންބަރެއްގެ މަގުސަދަކަށް ވާން ޖެހޭނީ ވެރިކަން ދެމެހެއްޓުމާއިި، އަދި 2023 ހޯދައި ދިނުންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މި އިންތިޚާބުގައި ޝަރީފް ތާޢީދުކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލަށެވެ.
ސަރުކާރަށް ވަގަށް ގޮވާ ހަޖޫ ޖަހާބަޔަކު، ޕާޓީގެ ލީޑަރ ޝިޕަށްގެނައުމަކީ، ވެރިކަންހޯދާން އެތައްހާސް މެންބަރުނެއް ކުރި ބުރަ، އުންދަގޫ އަދި ބިރުވެރި މަސައްކަތަށްހިޔާނާތް ތެރިވުން، ޕާރޓީގެ ކޮންމެ މެންބަރެއްގެ މަގުސަދަކަށް ވާން ޖެހޭނީ ވެރިކަން ދެމެހެއްޓުމާއިި، އަދި 2023 ހޯދައި ދިނުން
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) May 4, 2022
ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 15 ދަރަޖައިގެ ދަށަށް ޖެހުމެއް އައުމާއެކު ސަރުކާރަށް އިންތިގެ ކެމްޕެއިން ޓީމުގެ ބައެއް ބައެއް މެންބަރުންގެ ފާޑުކިޔުން ވަނީ އިތުރުވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުން ކުރާކަމަށް އިންތިގެ ޓީމުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ކަން ބެލުމަށް އެމްޑީޕީގެ ކަމާއިބެހޭ ކޮމެޓީއަށް ހުށަހެޅުުން ނިންމާފައިވަނީ، އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށެވެ.
ނަމަވެސް ފައްޔާޟުގެ ޓީމުން ވަނީ މިއީ ކަނޑައެޅިގެން ދޮގުވާހަކަތަކެއްކަމަށް ބުނެފައެވެ. މިއިންތިޚާބުގެ ވާދަވެރިކަން ބޮޑުވެފައިވަނީ މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއްވެސް ސާފުވާނެ އިންތިޚާބަކަށް ވުމުންނެވެ.
ކޮމެންޓު ފޮނުވާ