ލެސްޓާއަތުން ޓޮޓެންހަމްއަށް ފަސޭހަ މޮޅެއް

ލެސްޓާއަތުން ޓޮޓެންހަމްއަށް ފަސޭހަ މޮޅެއް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލެސްޓަރ ސިޓީއާއި ވާދަކޮށް، ފަސޭހަ ކަމާއިއެކު ޓޮޓެންހަމުން މެޗު ކާމިޔާބުކޮށްފިއެވެ.

މިމެޗު ޓޮޓެންހަމް ކާމިޔާބުކުރީ ލެސްޓާ ސިޓީއާ ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ. މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން 22 ވަނަ މިނެޓުގައި ސޮންގެ އެހީތެރިކަމާއެކު ހެރީ ކޭން ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ޓޮޓެންހަމް އިން ލެސްޓާގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާތައް ދިޔައީ އުފައްދަމުންނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމިފައިވަނީ އެެއް ލަނޑުގެ ލީޑަކާއެކު، ލެސްޓާގެ މައްޗަށް ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ޓޮޓެންހަމްގެ ފަރާތުން އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، 60 ވަނަ މިނެޓުގައި ސޮންގެ ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. އަދި ސޮން ވަނީ 79 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗު ނިމުމުގެ ކުރިން އިތުރު ވަގުތުގެ ތެރޭގައި ލެސްޓާއިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިހެނާޗޯއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 34 މެޗުން 61 ޕޮއިންޓް ހަމަކޮށްގެން ޕޮއިންޓް ތާވަލުގެ ފަސް ވަނައިގައެވެ. އަދި މެޗުން ބަލިވި ލެސްޓާ އޮތީ ކުޅުނު 33 މެޗުން ލިބުނު 42 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *