ރައީސް މިއަދު ޤައުމާއި މުޚާތަބު ކުރައްވަނީ

ރައީސް މިއަދު ޤައުމާއި މުޚާތަބު ކުރައްވަނީ

Author
މުޙައްމަދު ޝަޒައިމް
01 މެއި 2022 11:45
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ޤައުމާއި މުޚާޠަބުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޤައުމާއި މުޚާޠަބުކުރައްވާނީ މިއަދު މެންދުރު ފަހު 13:30ގައެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ޤައުމާއި މުޚާޠަބުކުރައްވާނީ، އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާ، މުސާރައިގެ އޮނިގަނޑަށް ގެންނަވާ ބަދަލުތައް އިޢުލާންކުރެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ޤައުމު ބިނާކޮށްދެއްވުމުގެ އެންމެ ބުރަ މަސައްކަތްކުރައްވާ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެއްވުމުގެ ވަޢުދު ފުއްދަވާއިރު، މުސާރަތައް 50 އިންސައްތައަށްވުރެ ބޮޑުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި މުސާރަ ބޮޑުވާނީ ހަމައެކަނި ޓީޗަރުންގެ ނޫންކަމަށާއި ސްކޫލްތަކުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނާއި އިދާރީ މުވައްޒަފުންގެ މުސާރަވެސް ބޮޑުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މި ވަގުތު 9119 މުދައްރިސުން އަންނަނީ މަސައްކަތްކުރަމުންނެގެ. އޭގެ ތެރޭގައި 6498 ދާއިމީ ދިވެހި މުދައްރިސުންނާއި، 1730 ބިދޭސީ މުވައްޒަފުންނާއި ވަގުތީ 891 މުދައްރިސުން ހިމެނެއެވެ.

ރައީސް ވިދާޅުވެފައިވާގޮތުގައި ތަޢުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމާއެކު ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލާ 12628 ރުފިޔާއިން 19740 ރުފިޔާއަށް ބޮޑުވެގެން ދާނެއެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި އިތުރުގަޑި ހިމަނައިފިނަމަ އެއަށްވުރެ ބޮޑުވެގެންދާނެއެވެ. މިގޮތުން މި ބަދަލާއެކު 21،000 ރުފިޔާ ލިބޭ ޕްރިންސިޕަލެއްގެ މުސާރަ 32،000އަށް ބޮޑުވެގެންދާނެއެވެ. އަދި 14،000 ލިބޭ މުވައްޒަފެއްގެ މުސާރަ 28،000އަށް އިތުރުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.