ފިތުރު ޢީދު ދުވަހު ހިނގާފައި އުޅޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ޚާއްސަ ހުއްދައެއް ދޫކުރުމަށް މާލެ ސިޓީ ކައުންސިލް އިދާރާއިން ނިންމައިފިއެވެ.
ޢީދު ދުވަހު ހިނގާފައި އުޅޭ ވަގުތު ތަކުގައި ދުއްވާ އުޅަނދުތަކަށް ދޫކުރާ ސްޓިކާ ދޫކުރުމަށް ހަމަޖެހިފައިވަނީ 30 އޭޕްރީލް ވާ ހޮނިހިރު ދުވަހު އަދި 1 މެއި ވާ އާދިއްތަ ދުވަހު ހެނދުނު 09:00 އިން ހަވީރު 15:00 އަށެވެ. އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ. ސްޓިކާ ދޫކުރާނީ ބޮޑު ތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭ ބައިންނެވެ.
ފިތުރު ޢީދު ދުވަހު 4 ގަޑިއިރަށް މާލޭގައި ވެހިކަލް ދުއްވުން މަނާ ކުރުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 50 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. އެގޮތުން ފައިމަގުގައި އުޅޭ ގަޑިއެއް ގޮތުގައި ކަނޑައަޅާފައިވަނީ ޢީދު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށެވެ.