މިސަރުކާރާއިމެދު ނުރުހުންވާ މީހުން ނުރުހުން ވަނީ ސަރުކާރުގެ ދުވެލި ބާރުވުމުންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްމަބު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އަންނަ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެ އެމްޑީޕީ ތެރެއިން ސަރުކާރަށް ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިންކަމަށް ބެލެވެއެވެ. މިއިންތިޚާބުގެ ވާދަ ވެރިކަމުގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަނީ، ވެރިކަން ކުރާ މައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުއެވެ. ނަޝީދު ގެންދަވަނީ މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށާއި، އަދި މިހާރު ކުރިއަށްދާ ގޮތުން މިސަރުކާރަށް ވެރިކަމަށް ނާދެވޭނެކަމަށް ވިދާޅުވެފައެވެ.
ނަޝީދުގެ ފާޑުކިޔުންތަކަށް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މަޖިލީހުގައިއާއި، މަޖިލީހުން ބޭރުގައިވެސް ދަނީ ރައްދު ދެެމުންނެވެ. ޝަރީފް ވިދާޅުވީ މިސަރާއިމެދު ނުރުހުންވާ މީހުން ނުރުހުންވަނީ ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކާއި ގުޅިގެން ކަމަށެވެ. އަދި ރައްޔިތުންގެ ޚިދުމުގައި ކުރަމުންދާ މަސައްކަތުގެ ދުވެލި ބާރު ވުމަކީވެސް މިސަރުކާރާއިމެދު ނުރުހުންވާ މީހުން ނުރުހުންވާ އެއްސަބަބުކަމަށެވެ.
މިސަރުކާރާ ނުރުހުންވަނީ ސަރުކާރު ހޯދަމުންގެންދާ ކާމިޔާބީ، ސަރުކާރު ބޭނުންކޮށްގެން، އަމިއްލަ ފައިދާ ނުނެގޭތީވެ، ސަރުކާރުގެ ދުވެލިބާރުކަން، ރައްޔިތުންނާ އަޅާލާލެއް ބޮޑުކަން، އޯގާތެރިވެރިއެއެ ދުރުވިސްނުންފުޅު، 2023 ޔަގީންވާތީވެ.
– ޝަރީފް ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާ ވާހަތަކާއި، މަސްވެރިންނާއި، މަސައްކަތްތެރިންނަށް މިސަރުކާރުން ވެފައިވާ އެތައް ވައުދެއް އަދިވެސް ނުފުއްދާކަމަށް އެމްޑީޕީގެ މިކެމްޕެއިންގައި އެތައް ޕޯޑިއަމެއްގައި މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި އާންމު މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. އަދި ވަކިވަކި ދާއިރާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމައި ނުކުޅެދިފައިވާކަމަށް ދަނީ ބުނަމުންނެވެ.
ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މިހާރު އެންމެ ގަދަޔަށް އަޑުއިވޭ ވާހަަކައަކީ، ރައީސް ނަޝީދު 2023ގައި ކުރިމަތިލާ ވާހަކައެވެ. ޗެއާޕާސަން އިންތިޚާބަށް މާބޮޑު ސަމާލުކަމެއްނެތި މިވާހަކަ ދެއްކުން ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އިސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ