ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހަނިމާދޫ އެގްރިކަލްޗާ ރިސާޗް ސެންޓަރު ތަރައްގީ ކުރުމައި ގުޅޭ އެމް.އޯ.ޔޫ ގައި ވަނީ ސޮއި ކުރެވިފައެވެ.
މި މަޝްރޫއު ފަންޑް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން ފޯރުކޮށްދެވޭ 1،711،434.60 ރުފިޔާގެ ގްރާންޓެއްގެ ދަށުންނެވެ.
މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަންތައްތައް:
– ހަނިމާދޫ އެގްރިކަލްޗާ ރިސާޗް ސެންޓަރ ތަރައްގީ ކުރުމުގެ ގޮތުން ސޮއިލް އެނެލިސިސް އަދި ޕްލާންޓް ޓިޝޫ ޓެސްޓިން ލެބޮރެޓޮރީއެއް ސެންޓަރުގައި ގާއިމް ކުރެވޭނެއެވެ. މި ލެބޮރޮޓަރީގެ ސަބަބުން:
• 8000 އަށް ވުރެ ގިނަ ދަނޑުވެރިންނަށް ސޮއިލް އަދި ޕްލާންޓް ޓިޝޫ ޓެސްޓިން އާއި ގުޅޭ ގިނަ ހިދުމަތްތައް ފޯރުކޮށްދެވޭނެއެވެ.
• ކްރޮޕް ފޯކަސްޑް ޕެކެޖުތަކާއި، ކޮމްޕޯސްޓް ޓެސްޓިން، ދިރާސާ އަދި ތައުލީމުގެ ބޭނުމަށް ކުރެވޭ ބޭސިކް ސޮއިލް ޓެސްޓިން، ކާބަން އެނެލިސިސް، ފުލް އަދި ނިއުޓްރިއެންޓް އައި.ސީ.ޕީ ސްކޭންގެ ހިދުމަތް ފޯރުކޮށްދެވޭނެއެވެ. ލެބްތަކަށް ބޭނުންވާ ސްޓޭޓް-އޮފް-ދަ-އާޓް އިކުއިޕްމެންޓް އިންޑިއާގެ ގްރާންޓްގެ އެހީގައި ގަނެވޭނެއެވެ.
މި މަޝްރޫއުއަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޑިސެމްބަރ 2018 ގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ސޮއި ކުރެވުނު އެގްރިކަލްޗާ އެމް.އޯ.ޔޫ ގެ ފްރޭމްވޯކްގައި ހިމެނޭ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ އިމްޕްލިމެންޓިން އޭޖެންސީ އަކީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް މެރިން ރިސޯސަސްއެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދިވެހި ދަނޑުވެރިންގެ ޕްރިޑަކްޓިވިޓީ އިތުރުކުރުމަށް ބޭނުންވާ ސައިންޓިފިކް ޓެކްނީކްތަކާއި ދިރާސީ މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.
މިވަގުތު ދިވެހިރާއްޖޭގައި އެޗް.އައި.ސީ.ޑީ.ޕީ ގެ 11 މަޝްރޫއު ކުރިއަށްދެއެވެ. – މީގެ ތެރޭގައި އައްޑޫ ސިޓީގައި 3 މަސް ޕްރޮސެސިން ޕްލާންޓް ގާއިމް ކުރުމުގެ މަޝްރޫއުއާއި، އައްޑޫ ސިޓީގައި 5 އިކޯ ޓޫރިޒަމް ޒޯން ގާއިމް ކުރުމުގެ މަޝްރޫއުއާއި، ހޯރަފުށީގައި ފެންބަންދު ކުރުމުގެ ޕްލާންޓެއް ގާއިމް ކުރުމުގެ މަޝްރޫއުއާއި، ހަނިމާދޫގައި އެގްރިކަލްޗާ ރިސާޗް ސެންޓަރ ތަރައްގީ ކުރުމުގެ މަޝްރޫއުއާއި، އައްޑޫ ސިޓީގައި ޑްރަގް ޑީޓޮކްސް ފެސިލިޓީއެއް ގާއިމްކުރުމުގެ މަޝްރޫއު ހިމެނެއެވެ.
އެޗް.އައި.ސީ.ޑީ.ޕީ މަޝްރޫއު ތަކުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ އިގްތިސާދް ވަރުގަދަވެ، ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ ދޮރުތައް ހުޅުވިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. އަދި މިފަދަ މަޝްރޫއުތަކަކީ ރައީސް ޞާލިޙްގެ ސަރުކާރުގެ ލާމަރުކަޒީ ނިޒާމު ގާއިމްކުރުމުގެ ސިޔާސަތަށްވެސް އެއްބާރުލުންދޭ މަޝްރޫއުތަކެވެ. އިންޑިއާގެ އެޗް.އައި.ސީ.ޑީ.ޕީ ގްރާންޓް ސްކީމްއަކީ، ބޮޑެތި އުމްރާނީ މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް ފޯރުކޮށްދެވޭ އަލިން އޮފް ކްރެޑިޓްތަކާއި، ދިވެހި މަސައްކަތްތެރިންގެ ކެޕޭސިޓީ ބިލްޑިންއަށް ދެވޭ އެހީ ފަދައިން އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ ތަރައްގީގެ އެހީގެ މުހިންމު ބައެކެވެ.
ކޮމެންޓު ފޮނުވާ