2016ވަނަ އަހަރު، ފްރާންސްގެ ޕެރިހުން މިސްރުގެ ކައިރޯއަށް ދަތުރު ކުރަމުންދަނިކޮށް ވެއްޓުނު، އެޖިޕްޓް އެއަރގެ ބޯޓު ވެއްޓިފައިވަނީ، ބޯޑު ދުއްވަމުން ދިޔަ ޕައިލެޓް ބުއި ސިނގިރޭޓްގެ ދުމުގެ ސަބަބުން ކަމުގައި، މި ހާދިސާ ތަހުގީގު ކުރި އިންވެސްޓިގޭޝަން ޓިމާއި ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ.
މިބޯޓުން ދަތުރުކުރި 66 މީހުން މަރުވި މިހާދިސާ މެދުވެރިވީ ޓެރަރިސްޓް ހަމަލާއެއްގެ ސަބަބުންކަމަށް އެންމެ ފުރަތަމަ މިސްރުގެ އޮތޯރިޓީތަކުން ތުހުމަތު ކޮށްފައި ވެއެވެ.
66 މީހުންނާއެކު، މެޑިޓެރޭނިއަން ކަނޑުގެ މަތިން އުދުހެމުން ދަނިކޮށް މި ޖެޓް ގެއްލިފައިވަނީ، ކްރޭޓޭ އާއި މިސްރުގެ އުތުރުގެ އައްސޭރިފަށާއި ދެމެދުގައި ވަނިކޮށް، 2016ވަނަ އަހަރުގެ މޭމްހުގެ 16ވަނަ ދުވަހުއެވެ. މި ޖެޓްގެ ބައިތައް ފެނިފައިވަނީ، ތަހުގީގު ޓީމުތަކުން މި ފްލައިޓް ހޯދަމުންދާތާ 1 މަސް ފަހުންނެވެ.
މިސްރުގެ މުއައްސަސާތަކުން އެންމެ ފުރަތަމަ ބުނެފައިވަނީ، މި ފްލައިޓުން ދަތުރުކުރި މީހުންގެ ގައިން ގޮވާތަކެތީގެ އަސަރުތައް ފެނިފައި ވާކަމުގައެވެ. އަދި ކައިރޯގެ ޕްރޮސެކިއުޓަރޖެނެރަލް ވަނީ ވަގުތުން، ސްޓޭޓް ސެކިއުރިޓީގެ ތަހުގީގެއް ހިންގުމަށް އަމުރު ކޮށްފައެވެ. އެހެންނަމަވެސް، މިތަހުގީގުގެ ހޯދުންތަކެއް މިއަދާހަމައަށްވެސް އާންމު ކޮށްފައެއް ނުވެއެވެ.
ޕެރިސްގެ ކޯޓް އޮފް އެޕީލްއަށް މިހާރު ފޮނުވާފައިވާ، މި ފްލައިޓް ވެއްޓުމުގެ ހާދިސާ ތަހުގީގުކޮށް، ފްރާންސްގެ ތަހުގީގު ޓީމުން ތައްޔާރު ކޮށްފައިވާ، 134 ސަފްހާގެ މައްޗަށް އެކުލެވިގެންވާ ސިއްރު ރިޕޯޓާއި ހަވާލާދީ އާންމު ކޮށްފައިވާ މައުލޫމާތުގައި ބުނެފައިވާ ގޮތުގައި، މި ބޯޓު ވެއްޓެން މެދުވެރި ސަބަބަކީ ބޯޓުގެ ޕައިލެޓް ބޮމުންދިޔަ ސިގިރޭޓުގެ ދުމުގެ ސަބަބުން ކަމުގައެވެ.
އިޓަލީގެ ނޫހެއްކަމުގައިވާ ކޮރިއަރ ޑެއްލާ ސެރާއަށް ލިބިފައިވާ، މި ރިޕޯޓުގައި ބުނެފައި ވާގޮތުން، ބޯޑުގެ މެއިންޓެނަންސް އިންޖިނިއަރުވަނީ، ބޯޓުގެ ކޯ ޕައިލެޓްގެ އޮކްސިޖަން މާރސްކް އާންމު ހާލަތުން އެމަރޖެންސީ ހާލަތަށް ބަދަލު ކޮށްފައެވެ.
މި ރިޕޯޓުގައި ބުނެފައި ވާގޮތުން، ޕައިލެޓް ބޮމުންދިޔަ ސިގިރޭޓުގެ ދުމުގެ ސަބަބުން، ބޯޓުގެ ތެރޭގައި ދައުރުވަމުން ދިޔަ އޮކްސިޖަންގައި ހުޅު ރޯވާން މެދުވެރިވިއެވެ. އަދި ބޯޑު ގެއްލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ބޯޓުގެ ޑިޓެކްޝަން ސިސްޓަމްތަކުން، ބޯޓުގެ ކުރީކޮޅުގައި ވަނީ ދުމުގެ އިންޒާރު ދޭން ފަށާފައެވެ.
ރިޕޯޓުގައި ވާގޮތުން، ބިމާއި ބޯޓާއި ދެމެދު ކުރު މެސެޖްތައް ފޯރުކޮށްދޭ ACARS ސިސްޓަމް އިންވަނީ އެންމެ 2 ސިކުންތުގެ ތެރޭގައި 7 މެސެޖު ބޯޓުން ބިމަށް ފޯރުކޮށް ދީފައި ކަމަށާއި، މީގެ ތެރޭގައި، ވައިގެ ތެރޭގައި ދަތުރުކުރަމުން ދާއިރު ބޯޓަށް މަގުދައްކައިދޭ ކޮމްޕިއުޓަރ ސިސްޓަމް ރަގަޅަށް މަސައްކަތް ކުރަމުން ނުދާކަމުގެ އިންޒާރުވެސް ހިމެނެއެވެ.
ރިޕޯޓުގައި ވާގޮތުން، ބޯޓުގެ ޕައިލެޓް މުހައްމަދު ސައީދު އަލީ ޝަކައިރުވެސް އަދި ކޯ ޕައިލެޓް މުހައްމަދު އަހުމަދު މަމްދޫހު އައްސާމްވެސް އެއްވެސް ބާވަތެއްގެ އެހީތެރިކަމަކަށް އެދިފައެއް ނުވެއެވެ.
މި ބޯޓް ވެއްޓުނު ވަގުތަކީ ޕެރިސްއާއި ބްރަސަލްސްގެ ބަޓަކްލާން ކޮންސަރޓް ހޯލަށް ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މުވައްސަސާތައް ކުއްލި ހާލަތަކަށް އައިސްފައިވާ ވަގުތެކެވެ.
One Response
ގަބޫލުކުރަން ދަތި