"ވައްކަން ނުފެންނަ ތާކިހާ ބުރޯ ނިޒާމެއް" ރައްޔިތުން ބޭނުމެއް ނޫންކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެ މި އިންތިޚާބުގައި ވާދަކުރައްވާ ފައްޔާޒްގެ ޓީމާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ޓީމް ގެންދަވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވާ އެއްބަޔަކު އަނެއް ބަޔަކަށް ފާޑުވިދާޅުވަމުންނެވެ.
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައިި ބޮންޑެ ތާޢީދު ކުރައްވަނީ އިމްތިޔާޒް ފަހުމީއަށެވެ. އިންތިގެ ޓީމުން އެންމެ ބޮޑަށް ފައްޔާޒްގެ ޓީމަށް ކުރައްވާ ތުހުމަތަކީ ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތެވެ.
މިގޮތުން މިނިސްޓަރ ފައްޔާޒް ސަންގު ޓީވީގައި ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯއާއެކު ބޮންޑެ ވިދާޅުވީ، "ވައްކަން ނުފެންނަ ތާކިހާ ބުރޯ ނިޒާމެއް" ރައްޔިތުން ބޭނުނުން ނުވާކަމަށެވެ.
ތިމަންނާ ވައްކަން ކުރިޔަސް ނޭނގޭނޭ ބުނާ "ވައްކަން ނުފެންނަ ތާކިހާ ބުރޯ ނިޒާމެއް" ރައްޔިތުން ބޭނުމެއް ނޫނެވެ.! #InthiAaEku pic.twitter.com/wESJYYQgIK
— Ibrahim Rasheed (@BondeM4) April 28, 2022
އެމްޑީޕީ ޗެއަރޕާސަން މިއިންތިޚާބުގައި މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން މިނިސްޓަރ ފައްޔާޟަށް ތާއީދު ކުރާ މެމްބަރުންގެ ބޮލުގައި އިންތިއަށް ތާއީދު ކުރާ ކެމްޕެއިން ޓީމުން ދަނީ ބޮޑެތި ތުހުމަތު އަޅުވަމުންނެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ވާދަވެރިކަން ބޮޑުވެ ދެން އެކީގައި މަސައްކަތް ނުކުރެވޭ ވަރަށް ދެފަރާތުން ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަންވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން މިހާރު ވަނީ އިއުލާން ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ