އެމްއެންޔޫގެ ވަޒީފާއިން ޑރ.އިޔާޒް ސަސްޕެންޑްކުރީ ގޯސްކޮށްކަމަށް ޓްރައިބިއުނަލް އިން ނިންމައިފި

އެމްއެންޔޫގެ ވަޒީފާއިން ޑރ.އިޔާޒް ސަސްޕެންޑްކުރީ ގޯސްކޮށްކަމަށް ޓްރައިބިއުނަލް އިން ނިންމައިފި

Author
މުޙައްމަދު ޖިމީ
28 އޭޕްރިލް 2022 01:21
0

ޤައުމީ ޔުނިވާސިޓީގެ ވަޒީފާއިން ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ސަސްޕެންޑްކުރީ ގޯސްކޮށްކަމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އިން ނިންމައިފިއެވެ.

ގައުމީ ޔުނިވަރސިޓީ އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެ މަގާމުން ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 1ގައެވެ. ވަޒީފާއާއި ވަކިކުރީ ގޯސްކޮށްކަމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އިން އެގޮތަށް ނިންމިކަމަށް ވިދާޅުވެ ޑރ.އިޔާޒް ވަނީ އެކަން ހާމަކޮށްފައެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައިވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް އެމްއެންޔޫގެ ވެރިންނަށް އިލްތިމާސްކުރާކަމަށެވެ.

 

ފިގްހް ޢިލްމުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރ/ސީނިއާ ލެކްޗަރާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.