މައްސަލަ ހައްލުކޮށް ދުވާފަރަށް އަލުން ކަރަންޓު ދީފި

މައްސަލަ ހައްލުކޮށް ދުވާފަރަށް އަލުން ކަރަންޓު ދީފި

Author
މުޙައްމަދު ޖިމީ
28 އޭޕްރިލް 2022 12:53
0

ރ. ދުވާފަރުގެ މައި ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޭބަލްތަކަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފިއެވެ.

ރ. ދުވާފަރުގެ މައި ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޭބަލްތަކަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން، ދުވާފަރުގެ ހުރިހައި ސަރަހައްދަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާކަމަށް ރޭ 12:42 ހާއިރު އެމްޑަބްލިޔުއެސްސީ އިން ހާމަކޮށްފައިވެއެވެ. އަދި އެ މައްސަލަ ހައްލުކޮށް، ވީ އެންމެ އަވަހަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރާވާހަކަވެސް އެކުންފުނިން ބުނެފައިވެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ރ. ދުވާފަރުގެ މައި ޑިސްޓްރިބިއުޝަން ނެޓްވޯކުގެ ކޭބަލްތަކަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާކަމަށެވެ. އަދި ދުވާފަރުގެ ހުރިހައި ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައިކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ވަނީ ކަރަންޓު ކެންޑުމުން ދިމާވި ދަތިތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.