ސަލްމާންގެ "ކަބީ ޢީދު ކަބީ ދިވާލީ" އިންވެސް ޅިޔަނަށް ރޯލެއް!

ސަލްމާންގެ "ކަބީ ޢީދު ކަބީ ދިވާލީ" އިންވެސް ޅިޔަނަށް ރޯލެއް!

Author
ފާތިމަތު ނާވީ
29 އޭޕްރިލް 2022 07:41
0

ކުރިން ވެސް އަޑުއަރާފައިވާ ގޮތަށް ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ކަބީ ޢީދު ކަބީ ދިވާލީ"ގެ ރޯލަކަށް ޅިޔަނު އަޔޫޝް ޝަރްމާ ސޮއި ކޮށްފިއެވެ.

އަޔޫޝް މި ފިލްމުގެ ރޯލަކަށް ސޮއި ކޮށްފައި ވާކަން ކަށަވަރު ވެފައި ވާކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ޚަބަރުތަށް ބުނާގޮތުގައި މި ފިލްމުގައި އަޔޫޝް ކުޅެނީ އާއިލީ ކެރެކްޓާއެއްގެ ރޯލެއެވެ. މި ފިލްމަކީ އާއިލީ ކަންތައްތަކާއި ރޮމޭންސާއި އެކްޝަންވެސް ހިމެނޭ މަސްހުނި ފިލްމެކެވެ.

"ކަބީ ޢީދު ކަބީ ދިވާލީ" ގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭއެވެ. އަޔޫޝް މިހާރު އަންނަނީ ފަރްހާދު ސަމްޖީ ޑައިރެކްޓްކުރާ ފިލްމުން އޭނާއަށް ލިބުނު ކެރެކްޓާއަށް ތައްޔާރު ވަމުންނެވެ.

2018ގައި ސަލްމާން ޕްރޮޑިއުސްކުރި "ލަވްޔާތުރީ" އިން ތައާރަފްވި ބަތަލު މީގެ ކުރިންވެސް ވަނީ ސަލްމާނާއެކު "އަންތިމް" އިން ފެނިގެން ގޮސްފައެވެ.

އެހެން ކަމުން "ކަބީ ޢީދު ކަބީ ދިވާލީ" ވަނީ އަޔޫޝް އާއި ސަލްމާން އެކުގައި މަސައްކަތް ކުރާ ދެވަނަ ފިލްމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަނާ
ކީއްކުރާނީ އެހެން މީހަކު ފިލްމެއް ނުދޭނެ ވިއްޔަ ދެން ކޮއްކޮ ރުއްސަން ޅިޔަނަށް ފިލްމް ދޭނެތާ.