ޢުމްރާގެ އަޅުކަމަށް ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެ

ޢުމްރާގެ އަޅުކަމަށް ގޮސްހުރި ދިވެއްސަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
27 އޭޕްރިލް 2022 01:03
0

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ދިވެއްސަކު މައްކާގައި ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ، ބ. އޭދަފުށީ މާބަގީޗާގޭ، އުމުރުން 76 އަހަރުގެ އަބޫބަކުރު ހަސަންއެވެ. އޭނާ ނިޔާވީ މިއަދު ފަތިހު 05:30 އެހާކަންހާއިރުއެވެ. އަބޫބަކުރު އާއިލާއިން ބުނީ އެނާ ނިޔާވީ ރޭގެ ފަތިސްނަމާދު ނިންމުމުމަށްފަހު އެނބުރި ހޮޓަލަށް އައި ފަހުންކަމަށެވެ. އަދި މަރަކީ ކުއްލި މަރެއްކަމަށްވެސް އާއިލާއިން ބުނެއެވެ.

އަބޫބަކުރު ހަސަން އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔައީ އޭނާގެ އާއިލާގެ ހުރިހާ މެންބަރުންނާއެކު މިމަހުގެ 17 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަންވަރު
މައްޔިތާޔަށް ސުވަރުގެ މިންވަރު ކޮއްދެއްވާށި އަދި އާއިލާޔައް ކެއްތެރި ކަން ދެއްވަވާ ށި އާާމީން