ބޫލް ބުލައްޔާ 2ގެ ޓްރެއިލާ ދައްކާލައިފި

ބޫލް ބުލައްޔާ 2ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
28 އޭޕްރިލް 2022 06:53
0

ބޮލީވުޑްގެ ޒުވާން އެކްޓަރ ކާތިކް އާރިޔަންގެ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2″ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ކާތިކާއި ކިޔާރާ އަދުވާނީގެ އިތުރުން ތައްބޫ މައިގަނޑު ރޯލުތަކުން ފެންނާނެ "ބޫލް ބުލައްޔާ 2″ އަންނަ މަހުގެ 20 ގައި ރިލީޒްކުރަން ވަނީ ތާވަލް ކޮށްފައެވެ.

"ބޫލް ބުލައްޔާ 2″ އަކީ 2007 ވަނަ އަހަރު ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ފިލްމު "ބޫލް ބުލައްޔާ"ގެ ސީކުއަލްއެވެ. އެ ފިލްމުން ފެހިގެންދިޔައީ އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއެވެ.

ބޫޝަން ކުމާރާއި މުރާދް ކޭތާނީ ޕްރޮޑިއުސް ކުރާ މި ފިލްމުގެ ޝޫޓިން މިދިޔަ އަހަރު ވަނި ޖޭޕޫރާއި ލަކްނޯގައި ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.