ސަޗިންގެ އަންހެން ދަރިފުޅު ބޮލީވުޑަށް ނުކުންނަނީ

ސަޗިންގެ އަންހެން ދަރިފުޅު ބޮލީވުޑަށް ނުކުންނަނީ

Author
ފާތިމަތު ނާވީ
28 އޭޕްރިލް 2022 08:53
0

އިންޑިއާގެ މަޝްހޫރު ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރްގެ ދަރިފުޅު ސާރާ ޓެންޓުލްކަރް ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ސާރާއަކީ ފިލްމީ މަސައްކަތައް ޝައުގުވެރިކަން ހުންނަ ކުއްޖެއްކަމަށް ވުމުން، އެ ދާއިރާއަށް ނުކުތުމަށް އޭނާ މަސައްކަތް ކުރަމުން އަންނަ ކަމަށް 'ބޮލީވުޑްލައިފް' އިން ބުނެއެވެ.

އިނގިރޭސިވިލާތުގައި ޔުނިވަރސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) އިން މެޑިސިންގ ދާއިރާއިން ގްރެޖްއޭޓްވެފައިވާ ސާރާ މިހާރު އެކްޓިން ކްލާސްތަކެއް ވެސް ނަގަމުން އަންނަ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

 

View this post on Instagram

 

A post shared by Sara Tendulkar (@saratendulkar)

މިދިޔަ އަހަރު ޑިސެމްބަރު މަހު މޮޑެލިންގ ކެރިއަރ ފެށި ސާރާއަކީ ވަރަށް ހުނަރުވެރި ކުއްޖެއް ކަމަށާއި އޭނާ ނިންމާ ކޮންމެ ނިންމުމަކަށް، މައިންބަފައިން ތާއީދުކުރާނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ސާރާއަށް ފަހު ސަަޗިންނަށް ދެން ލިބުނީ ފިރިހެން ކުއްޖެކެވެ. ސާރާގެ ކޮއްކޮ އަރުޖުން ޓެންލްޑުލްކަރަކީ ބައްޕަ ފަދައިން ކްރިކެޓަށް ޝައުގު ހުރި ކުއްޖެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.