ޕަޕަރާޒީން ފޮޓޯނަގަމުން ދަނިކޮން، ފޮޓޯ ނުނެގުމަށް، ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާންގެ ދަރިފުޅު ތައިމޫރު އަލީ ޚާން އެދިއްޖެއެވެ.
އަދީއްތަ ދުވަހު އާންމު ވެފައިވާ ވީޑީއޯ އަކުން ފެންނަނީ ތައިމޫރު އާއި ޖެހް ކުޅެން ތިއްބާ ޕަޕަރާޒީން ފޮޓޯ އަދި ވީޑިއޯ ކުރާ މަންޒަރެވެ. ނަމަވެސް އިރުކޮޅަކުން އެކުދިން ކުޅެން ތިބި ތަނަށް ކަރީނާ ނިކުމެއެވެ.
އަދި ފޮޓޯ ނަގަމުން ދިއަ މީހުން ކައިރިން، ފޮޓޯ ނުނެގުމަށް ބުނެއެވެ. އެއާއި އެކު ތައިމޫރު ވެސް ކަރީނާގެ ކުރިމަށްޗަށް އަރައި ފޮޓޯ ނުނެގުމަށް ބުނެއެވެ.
ކަރީނާ އާއި ސައިފް ކައިވެނި ކުރީ 2012 ވަނަ އަހަރުއެވެ. އެއީ ކަރީނާގެ އަލަތު ކައިވެނި ކަމުގައި ވިޔަސް ސައިފް ގެ ދެވަނަ ކައިވެންޏެވެއެވެ. އަދި ސައިފްއަށް އޭރު ބައްޕަ ކިޔާ ބޮޑު ދެކުދިންވެސް ތިއްބެވެ.
ކަރީނާ އާއި ސައިފްގެ އަލަތު ދަރިފުޅު ލިބުނީ 2016 ވަނަ އަހަރުއެވެ. އެއީ މިހާރު އުމުރުން 6 އަހަރުގެ ތައިމޫރު އަލީ ޚާން އެވެ. ކަރީނާ އަށް ދެވަނަ ދަރިފުޅު ލިބުނީ 2021 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ