"ކޭޖީއެފް" އިން ބޮޑު މަޝްހުރު ކަމެއް ހޯދާފައިވާ އެކްޓަރ ޔަޝް އޭގެ ދެ ވަނަބައި "ކޭޖީއެފް ޗެޕްޓަރު 2″ އަށް ފަހު އޭނާގެ ބޮޑު ތުނބުޅިއާއި އިސްތަށިގަނޑު ކޮށާލައިފިއެވެ.
އޭނާ މި ފިލްމުން ފެނިގެން ގޮސްފައިވަނި ބޮޑު ތުނބުޅިއަކާއި ދިގު އިސްތަށިގަނޑެއްގައެވެ. ނަމަވެސް އޭނާ ތުނބުޅިއާއި ބޯ ކޮށާލާ ވީޑިއޯއެއް މިހާރު ވަނި އާންމު ވެފައެވެ.
ނަމަވެސް މި ވީޑިއޯ އަކީ 2020 ވަނަ އަހަރުގެ ވީޑިއޯއެކެވެ. ނަމަވެސް މި ވީޑިއޯއިން ބޮޑު ތުނބުޅިއާއި ދިގު އިސްތަށިގަނޑާއި ނުލައި ޔަޝް ފެންނަ ގޮތުގެ ފޮޓޯތަކެއްވެސް ފެނިގެން ދެއެވެ.
"ކޭޖީއެފް"ގެ ފިލްމު ތަކާއެކު ޔަޝްގެ މަގުބޫލުކަން މިހާރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އަދި މިހާރު އިންޑިއާގެ ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު ތަރިންގެ ލިސްޓުގައި އޭނާ ގުނާލެއެވެ.