ފިލްމު "އެނިމަލް"ގެ ޝޫޓިންގ ރަންބީރު ފަށައިފި

ފިލްމު "އެނިމަލް"ގެ ޝޫޓިންގ ރަންބީރު ފަށައިފި

Author
ފާތިމަތު ނާވީ
25 އޭޕްރިލް 2022 05:24
0

މިމަހު ކުރީކޮޅު ކައިވެނި ކުރި ރަންބީރު ކަޕޫރު ވަނީ ކައިވެންޏަށް ފަހު ދެތިން ދުވަސް ފަހުން އޭނާގެ މަސައްކަތަށް އެނބުރި ނުކުމެފައެވެ.

އެގޮތުން ކައިވެންޏަށް ފަހު ރަންބީރު ކުޅޭ ފުރަތަމަ ފިލްމް "އެނިމަލް"ގެ ޝޫޓިންގ މިހާރު ވަނީ ފަށާފައެވެ.

މި ފިލްމަކީ ޑާކް ތުރިލާއެކެވެ. ފިލްމް ގައި ރަންބީރްގެ ބަތަލާ އަކީ މިދިޔަ އަހަރުގެ ފަހުކޮޅު ރިލީޒްކުރި ސުޕަ ހިޓު ފިލްމް "ޕުޝްޕާ" ގެ ބަތަލާ ރަޝްމިކާ މަންދަނާ އެވެ.

 

View this post on Instagram

 

A post shared by Filmfare (@filmfare)

އަނިލް ކަޕޫރާއި ބޮބީ ޑިއޯލް ވެސް މުހިންމު ރޯލަކުން ފެނިގެންދާ މި ފިލްމް ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޯގަސްޓް މަހު 11 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.