ޕީޕީއެމުން ކުރަނީ، ކުޑަކުދިން ކުރާ ޒާތުގެ ކަންކަން: އިކްރާމް

ޕީޕީއެމުން ކުރަނީ، ކުޑަކުދިން ކުރާ ޒާތުގެ ކަންކަން: އިކްރާމް

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2022 05:00
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުންދަނީ ހަމަ ނުޖެހޭ ކުޑަކުދިން ކުރާ ކަހަލަ ކަންތައްތައް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިހެން ވިދާޅުވީ އިންޑިއާ އައުޓް ބެނާތައް ދެމުން މަނާކޮށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއް ނެރެފައި ވަނިކޮށް ނަމުގެ އަކުރުތައް ބަދަލުކޮށްގެން މާލޭގެ ގެއެއްގައި ދެމި "އިންޑިއާ އައުޓް" ބެނާއަކާއި ގުޅިގެން ފާޑު ވިދާޅުވަމުންނެވެ. އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން މިހާރު އެ ސްލޯގަން އިނގިރޭސި ބަހުން ބޭނުންކުރަނީ އިންޑިއާގެ ސްޕެލިން ބަދަލު ކޮށްގެންނެވެ. މާލޭގެ ގެއެއްގައި ރޭ ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ "INDEAR OUT" އެވެ. ނަމަވެސް ފުލުހުން މިހާރު ވަނީ އެ ބެނާ ވެސް ނަގައިފައެވެ.

އިދިކޮޅުން މިބެނާ ދެމުމުން ފާޑު ވިދާޅުވެ އިކްރާމް ވިދާޅުވީ ހަރުދަނާ ސިޔާސީ މަސައްކަތެއް ކުރަން ނޭގުމުން ކުރާނީ މިކަހަ ކުޑަކުދިން ކުރާ ޒާތުގެ ކަންތައްކަމަށެވެ.

ހަރުދަނާ ސިޔާސީ މަސައްކަތެއް ކުރަން ނޭގުނީމާ ކުރެވޭނީ މިކަހަލަ ހަމަ ނުޖެހޭ ކުޑަކުދިން ކުރާ ކަހަލަ ކަންކަން. އެހެން ނަމަވެސް ބޭރު ޤައުމެއްގެ ނަން ނުވަތަ ޤައުމެއް ރަމްޒު ނަމެއް / އެއްޗެއް ބޭނުން ކޮށް ޤައުމެއް ރުޅި އަރުވަން މަސައްކަތް ކުރުން ހުއްޓުވަން ޖެހޭ.

– އިކްރާމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވަނީ މިއަދުއެވެ. ރައީސް ގަރާރު ނެރުއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފުލުހުންވަނީ ރައީސް ޔާމިންގެ ގެކޮޅުގައި ދަމާފައިހުރި އިންޑިއާ އައުޓުގެ ބޮޑު ބެނާރ ނަގާފައެވެ.

ރައީސްގެ ގަރާރަކުން އިންޑިއާ އައުޓުގެ ހަރަކާތައް މަނާ ކޮށްފައިވަނީ، މި ހަފްތާގެ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސް ޔާމިންގެ ގެކޮޅުގައި އިންޑިއާ އައުޓުގެ ބޮޑު ބެނާރއެއް ދެމުމާއި ގުޅިގެން، އިންޑިއާއުޓު ބެނާތައް ދެމުމަކީ ގާނޫނުލްއުގޫބާތުން މަނާކަމެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އަދި ބޮޑެތި ޢިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތަށް ދެމުމަކީ ޤާނޫނުލް އުޤޫބާތާއި ޚިލާފްކަމެއްކަމަށާއި، ފުލުހުން ވަގުތުން އެކަންކަން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންޒާރު ދިންތާ ގަޑި އިރުތަކެއް ފަހުން މާލޭގެ އެކި ގޭގޭގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމަށްވެސް ފުލުހުން އަންގާފައި ވެއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ގަރާރަކުން އިންޑިއާ އައުޓު ބެނަރ ދެމުން މަނާ ކޮށްފައިވި ނަމަވެސް، އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިގުޅައި ނުގަނެވޭނެ ކަމަށާއި، އިންޑިއާއައުޓު ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ރައީސްގެ ގަރާރު ނެރުއްވިފަހުން، މިރޭ ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވިދާޅުވެފައިވަނީ، އަލުން އާފެށުމަކުން ފަށާ މިހަރަކާތް ކުރިޔަށް ގެންދާނޭ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާއަލީ
ކަލޯމެން ނަށް ބޯންދީފަ ބައިތިއްބައިގެން ގައުމު އިންޑިޔާއަށް ވިއްކާހުސްކޮށްފި އިންޑިޔާ އައުޓް
r rahyithumeehaa
މިކަނޑުކޮހަކަށްނޭނގޭ ބޭރުގައުމެއްގެ އެމްބަސީ އިން ވެރިކަމުގަހުރި ފިނޑި ސޮހޮލަށް ބިރުދައްކައިގެން ކުރި މަޖުބޫރަށް ބިރުން ކުރި ކަމެއް ކަމަށް. ޢަދިވެސް ބޮޑެއްނުވޭ ވިއްޔާ. ޅަދުންބޯހަލާކު
ި ިސައިކަލްމީހާ
ޢެހެންވީމަތާ ބޮޑުސިންގާ ފިރިހެނެކު މަޖިލީހުގަ ކޮސްގޮވަނީ. ދެބެއިން މަޑަވެލީއަބްދާ އާއެކު އޭ4 ކަރުދާހުގަ އެމެރިކަން ވަގުޑޮލަރު ޕްރިންޓްކޮށްގެން ވިއްކިއިރު، އަދި ބޮޑެއްނުވޭދޯ.