ބާނާ މަހަށް ހަދާނެ ގޮތް ނުވިސްނިގެން ނޫޅޭ، އެގޮތް ނުހަދަނީ: ނަޝީދު

ބާނާ މަހަށް ހަދާނެ ގޮތް ނުވިސްނިގެން ނޫޅޭ، އެގޮތް ނުހަދަނީ: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2022 02:55
0

މަސްވެރިން ބާނާ މަހަށް ހަދާނެ ގޮތް ނުވިސްނިގެން ނޫޅޭ، ކަމަށާއި އެގޮތް ސަރުކާރުން ނުހަދަނީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން ތިނަދޫއަށް ޒިޔާރަތްކޮށް، ތިނަދޫގެ މަސްވެރިންނާއިއެ ބޭއްވި ބައްދަލުވުމުގައި އަންހެން މަސްވެރިއަކު ހުވަދު އަތޮޅުގެ މަސްވެރިންގެ ހައްގުގައި ދެއްކެވި ވާހަކަތައް ހިއްސާކޮށް ކުރެއްވި ޓުވީޓުގައެވެ.

މިއަންހެން މަސްވެރިޔާ ވަނީ ހުވަދު އަތޮޅުގެ މަސްވެރިންނާއިމެދު ސަރުކާރުން އިހުމާލުވެފައިވާ މިންވަރު ކިޔައިދީފައެވެ. އޭނާ ވަނީ ހުވަދޫގެ މަސްވެރީން ކޫއްޑޫގެ ކެޕޭސިޓީއާ އައިސް ސްޓޯރޭޖަށް ބަރޯސާވާން ބޭނުން ނުވާ ކަމަށް ބުނެފައެވެ. އަދި ހުވަދޫގެ މަސްވެރީންނަށް އެ މީހުން ބާނާ މަހަށް އަމިއްލައަށް އިންޓަނޭޝަނަލް މާކެޓް ހޯދޭނެ ކަމަށާ މަސް ފެކްޓްރީތައްވެސް ގެނެވޭނެ ކަމަށް ބުނެފައެވެ. އޭނާ ބުނެފައިވަނީ ދެން އިތުރަށް މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އެހީތެރިކަން ހޯދުމަށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަމަށެވެ.

އޭނާގެ ވާހަަކަ ހިއްސާކޮށް ރައީސް ނަޝީދު ކުރެއްވި ކުރު ޓުވީޓެއްގައި ވިދާޅުވީ މަސްވެރިންގެ މައްސަލަތައް ހައްލު ހޯދުމަށް މިސަރުކާރުން މަސައްކަތް ނުކުރަނީ އެކަން ކުރަން ނޭގިގެން ނޫންކަމަށެވެ. ސަރުކާރުން އެކަން ކުރުމުގެ ނިޔަތެއް ނެތުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ހަދާނެ ގޮތް ނުވިސްނިގެން ނޫޅޭ. އެގޮތް ނުހަދަނީ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ މަސްވެރިންގެ އިހުސާސްތަކާއި ޝަކުވާތައް ގާތުން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣްނީއާއި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީގެ އިތުރުން ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ބައިވެރިވެ ވަޑައިގަންނަވައެވެ.

މި ބައްދަލުވުން ހޫނު ވެގެން ދިޔައީ، ބައްދަލުވުން ފެށުނުތަނާ މަސްވެރިންގެ މެދުގައި އުފެދުނު ނުތަނަވަސްކަމެއްގެ ސަބަބުންނެވެ. މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ މައްސަލައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީސުގެ ވެރިކަމުގައި މަސްވެރިންނާއި މިފްކޯއަށްވެސް ފައިދާވެފައިވާކަން ފާހަގަކޮށް މަސްވެރިން ވަނީ މިހާރު އެ ފައިދާ ނުފެންނަ ސަބަބު ސާފުކޮށްދެއްވުމަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.