ނައިބް ރައީސް ފުވައްމުލަކަށް ވަޑައިގެންފި

ނައިބް ރައީސް ފުވައްމުލަކަށް ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
22 އޭޕްރިލް 2022 10:07
0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލައް ސިޓީއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީގައި 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ބާއްވާ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފުވައްމުލައް ސިޓީގައި އިމާރާތްކުރާ ޤުރުއާނާއިބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.