ހަޑި ކަމަށް ބުނެ އެތައް ފިލްމަކުން ބޭރުކުރި: ކެޓްރީނާ

ހަޑި ކަމަށް ބުނެ އެތައް ފިލްމަކުން ބޭރުކުރި: ކެޓްރީނާ

Author
ފާތިމަތު ނާވީ
20 އޭޕްރިލް 2022 08:35
0

ބޮލީވުޑް އޭލިސްޓްގައި ގުނާލެވޭ ތަރިއެއް ކަމުގައިވާ ކެޓްރީނާ ކައިފް ހުތުރު ކަމަށް ބުނެ އެތައް ފިލްމަކުން ބޭރުކުރި ކަމަށް އޭނާ ބުނެފިއެވެ.

އޭނާ ބުނެފައިވާ ގޮތުގައި ގިނަ ފިލްމުތަކެއް އޭނާ އަތުން ދޫވީ ސިފަ ހުތުރު ކަމާއި އެކްޓު ކުރަން ނޭނގޭ ކަމަށް ބުނެއެވެ. އެކަމުގެ ސަބަބުން ދިރިއުޅުމުގައި ދަތި އުނދަގޫ ކުރިމަތިވި ކަަމަށާއި، ޑިޕްރެޝަނަށް ވެސް ދިޔަ ކަމަށް އޭނާ ބުނެއެވެ.

އޭނާ އާއެކު ފިލްމު ތަކަށް ސޮއި ކުރުމަށްފަހު ވެސް ބަތަލާ ބަދަލުކޮށް އޭނާ ފިލްމުން ބޭރު ކޮށްފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ. ނަމަވެސް އިންޑަސްޓްރީގައި އެންމެ އުހުގައި މިއަދު ފިޔަޖަހަމުން ދަނީ އޭނާގެ އަމިއްލަ ނަފްސަށް ކުރި އިތުބާރާއި ޔަގީން ކަމުން ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

ބޮލީވުޑްގައި ކުރިއަރައި ދިއުމަށް އޭނާއަށް އެންމެ ބޮޑު ހިތްވަރަކަށް ވީ ސްޕަސްޓާ ސަލްމާން ޚާނެވެ. އަދި އެދެމީހުން ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން ވެސް އުޅުނެވެ.

ބޮލީވުޑުން ގިނަ ފުރުސަތު ތަކެއް ލިބުމުގައި ސަލްމާންގެ އަތެއް އޮތް ކަަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި ރުޅިވި ކަމުގައި ވިޔަސް އެދެމެދުގައި ވަރަށް ގާތް ގުޅުމެއް އޮވެއެވެ.

ކެޓްރީނާ ބޮލިވުޑަށް ނުކުތީ "ބޫމް" ކިޔާ ފިލްމަކުންނެވެ. ނަމަވެސް އޭނާއަށް ބެލުންތެރިންގެ މަގުބޫލުކަށް ލިބިގެން ދިއައީ ސަލްމާނާއެކު ކުޅުނު ފިލްމް "މޭނޭ ޕިޔާރް ކިޔުން ކިޔާ؟" އިންނެވެ.

ސަލްމާނާއި ކެޓްރީނާގެ ފިލްމެއް ކުރިއަށް ވެސް އެބައޮތެވެ. އެއީ އެމީހުން އެކުގައި ކުޅެމުންދާ "ޓައިގާ" ފިލްމް ސީރީޒްގެ 3 ވަނަ ބައެވެ. މި ފިލްމްގެ ޝޫޓިންގ މިހާރު ނިމިފައިވާ އިރު، ސްކްރީނަށް އަންނާނެ ދުވަހެއް އަދި ނޭނގެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.