މަށަކީ ރަންބީރުގެ ބަފައިބެ: ކަރަން

މަށަކީ ރަންބީރުގެ ބަފައިބެ: ކަރަން

Author
ފާތިމަތު ނާވީ
17 އޭޕްރިލް 2022 08:29
0

ޒުވާން ބަތަލާ އާލިއާ ބަޓާ އޮންނަނީ ދަރިއަކާ ބައްޕައަކާ ދެމެދު އޮންނަ ކަހަލަ ގުޅުމެއް ކަމަށް މަޝްހޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރް ވަނީ އެކިއެކި އިންޓަވިއު ތަކުގައި ބުނެފައެވެ.

އޭނާ ބުނާގޮތުން އާލިއާ ދެކެނީ އޭނާގެ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. ބޮލީވުޑަށް އާލިއާ ނެރުނީވެސް ކަރަންއެވެ. އެ ދެމުދުގައި ވަރަށް ވަރުގަދަ ގުޅުމެއް އޮންނަ ކަމީ ސިއްރެއް ނޫނެވެ.

މިހާތަނަށް ކަރަން އެއްވެސް ކައިވެންޏެއް ނުކުރި ނަމަވެސް 2017 އޭނާ ވަނީ ސަރޮގެސީން ޓްވިންސެއް ލިބިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާލިއާ އާއި ރަންބިރު ކަޕޫރު ވަނީ ކައިވެނި ކޮށްފައެވެ. ކަރަން ވަނީ އާލިއާ އާއި ރަންބީރުގެ ކައިވެނީގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފައެެވެ. އަދި ބުނެފައިވަނީ އޭނާ އަބަދުވެސް ރަންބީރު ދެކެ ލޯބިވާ ކަަމަށާއި މިހާރު އެއީ ދަނބިދަރިފުޅު ކަމަށެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

އާލިއާއަށް އަބަދުވެސް ވަރަށް ހިތްވަރުދޭ، ބޭނުންވާ ކޮންމެ ވަގުތަކުވެސް އެންމެ ކައިރީގައިވާ އެކަކީ ކަރަން ކަމަށް އާލިއާ ވެސް ވަނީ ބުނެފައެވެ.

އާލިއާ ބޮލީވުޑްއަށް ތައާރަފްވީ ކަރަން 2012 ގައި ގެނެސްދިން "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޜ ޜަދުރު
މިހާރު މި އެނގުނީ އާލިއާގެ މަންމަ ވެސް ބައްޕައަށް ދޫނުކުރާ ކުޅަދާނަ މީހެއްކަން